ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޕޯކްސްޕާސަންގެ މަގާމަށް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން މިއަދު އައްޔަންކުރައްވައިފި އެވެ.
ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން މިވަގުތު ހުންނެވީ އޮފީސް އޮފް ދަ ކޮމިޝަނަރ ގެ ހެޑްގެ މަގާމުގައެވެ.
ސްޕޯކްސްޕާސަންގެ މަގާމަކީ ޗީފް ސްޕްރިންޓެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން މިހާރު އަދާކުރައްވަމުން ގެންދަވާ މަގާމުގެ މަސްއޫލިއްޔަތުގެ އިތުރުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތެކެވެ.
ފުލުހުންގެ ހިދުމަތުގެ އިސް މަގާމްތަކެއް ފުރުއްވާފައިވާ އަޙްމަދު ޝިފާން ވަނީ މީގެކުރިންވެސް ފުލުހުންގެ ސްޕޯކްސްޕާސަންގެ މަގާމު އަދާކުރައްވާފަ އެވެ.









