Search Streamline Icon: https://streamlinehq.com

ޣައްޒާގައި އިސްރާއީލުގެ އިސް ކޮމާންޑަރެއް މަރާލައިފި

GHaem48XsAE xmY

ފަލަސްތީނުގެ ޣައްޒާގައި އިޒްރާއީލުގެ އިސް ކޮމާންޑަރެއް މަރާލައިފިއެވެ.

އިސްރާއީލުގެ މީޑިއާތަކާ ހަވާލާދީ ފަލަސްތީނުގެ ސަމާ ނޫސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި މަރާލާފައިވަނީ ގިވާޓީ ބްރިގޭޑްގެ އިސް ކޮމާންޑަރެއް ކަމަށްވާ މޭޖާ ޔިފްތާހް ޝަހާރުއެވެ.

ހަމާސް މުޖާހިދުންނާއި ދެކޮޅަށް ޔަހޫދީ އިސްރާއީލުގެ ސިފައިން ކުރަމުން ގެންދާ ހަނގުރާމ،ައިގައި އިސް ކޮމާންޑަރަކު މަރަލާފައިވާއިރު، މީގެ ކުރިން އިސްރާއީލުގެ އިސް ދެ އޮފިސަރުންވެސް މަރުވެފައިވާ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

ޒަޔަނިސްޓް ޗެނަލް 12 އިން ދާދި ފަހުން އިއުލާން ކުރި ގޮތުގައި އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ޣައްޒާ ގަނގުރާމައިގައި މަރުވާ އިސްރާއީލުގެ ސިފައިންގެ އަދަދު ހާމަނުކުރުމަށް ނިންމާފައެވެ. އެގޮތުން މަރުވެގެންނާއި ޒަޚަމްވެގެން އިސްރާއީލުގެ ހޮސްޕިޓަލް ތަކަށް ގެންދާ ސިފައިންގެ އެއްވެސް މައުލޫމާތެއް މީޑިއާއަށް ހިއްސާނުކުރުމަށް ވެސް އަންގާފައިވާ ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.

އިސްރާއީލުގެ މީޑިއާ ރިޕޯޓުތައް ބުނެފައިވާ ގޮތުގައި ހަނގުރާމަތަކުގައި މަރުވާ އެގައުމުގެ ސިފައިންގެ އަދަދު ފޮރުވުމުގެ ސިޔާސަތަކީ އަބަދުވެސް ގެންގުޅޭ ސިޔާސަތެކެވެ.

އިސްރާއީލުގެ ކުރީގެ އޮފިސަރެއް ކަމަށްވާ ޔިޓްޒާކް ބްރިކް ވަނީ ދާދި ފަހުން ފަލަސްތީނުގެ ޣައްޒާގައި ހިނގާ ހަނގުރާމައިގައި ޔަހޫދީ ސިފައިންގެ ސަފުތަކުގެ ތެރޭގައި އުފެދިފައިވާ ހަމަނުޖެހުމާއި ހަލަބޮލިކަން ހާމަކޮށްފަ އެވެ.

އޭނާ ބުނި ގޮތުގައި ޣައްޒާގައި ހަނގުރާމަ ކުރާ އިސްރާއީލުގެ އަސްކަރިއްޔާގެ މެދުގައި ދަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަމުންނެވެ. ސަބަބެއްގެ ގޮތުގައި އޭނާ ބުނީ ސިފައިންނަށް އެކަށީގެންވާ ބޭސްފަރުވާ އާއި ކާބޯތަކެތި ލިބުން ދަތިވުމެވެ. އޭނާ ބުނި ގޮތުގައި ހަނގުރާމައިގައި ޣައްޒާގައި ހޭދަކުރާ ސިފައިންނަށް މި ފަދަ ޚިދުމަތްތައް ދިނުމަށް ހަވާލުކޮށްފައިވަނީ އިސްރާއީލުގެ އަމިއްލަ ކުންފުނިތަކާއެވެ. ސަރުކާރުގެ އެއްވެސް ދައުރެއް މިކަމުގައި ނުވެއެވެ. އެހެންކަމުން މިކަމުގެ ހިންހަމަނުޖެހުން އަސްކަރިއްޔާގެ ތެރޭގައި ވަނީ ބޮޑުވެފައެވެ.

ބްރިކް ބުނި ގޮތުގައި ޣައްޒާގައި ހަރަކާތްތެރިވާ އިސްރާއީލުގެ ސިފައިންގެ ހާލަތު ވަރަށް ގޯހެވެ. ނަމަވެސް ސަރުކާރުން އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދޭކަމަށް އޭނާ ބުންޏެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *