Search Streamline Icon: https://streamlinehq.com

އެމްޑީޕީން މަޖިލީހުގައި މަސައްކަތް ކުރަނީ ރައްޔިތުންނަށް އޮޅުވާލަން:  މެންބަރު ޙަސަން

ESzz8LIk9zRb1GRXyMAu

އެމްޑީޕީން މަޖިލީހުގައި މަސައްކަތް ކުރަނީ ތަކުރާރުކޮށް ރައްޔިތުންނަށް އޮޅުވާލަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޙަސަން ވިދާޅުވީ، އެމްޑީޕީގެ މިދިޔަ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީއަކާ ބޮޑު ސަރުކާރެއް ދިނުމުންވެސް މަޖިލީގައި މަސައްކަތް ކުރަމުން ގެންދަނީ ރައްޔަތުންނަށް އޮޅުވާލަން ކަމަށެވެ.

ބޮޑު މެޖޯރިޓީއެއް އޮވެ، ރައްޔަތުންނަށް އޮޅުވާލުމުގެ އިތުރުން، އެމްޑީޕީ މެމްބަރުން އުޅެނީ ރައްޔިތުން ގުނބޯ ހައްދަން ކަމަށް ވެސް ހަސަން ވިދާޅުވިއެވެ.

އަދި އެގޮތައް އޮޅުވާލައި ރައްޔަތުން ގުނބޯ ނުހެއްދޭނެ ކަމަށާއި ރައްޔިތުން ނިއަދު އެއަށްވުރެ މާ ބޮޑަށް ހޭލުންތެރިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރަމަޟާން މަހު ނުބޭއްވުމަށް އެމްޑީޕީން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި ޙަސަން ވިދާޅުވީ، 65 މެންބަރުންނާ ބޮޑު ސަރުކާރަކާއި އެމްޑީޕީއަށް ދިނުމުން އަރުވާލީ ފަރަށް ކަމަށެވެ.

ޙަސަން މިފަދައިން ވިދާޅުވެ، އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާއިރު، ދާދިފަހަކާއި ޖެހެންދެން ވެސް އޭނާ ހުންނެވީ އެމްޑީޕީ މެމްބަރެއްގެ ގޮތުގައެވެ. ހަސަން އެމްޑީޕީ ދޫކުރައްވާ ސަރުކާރު ހިންގާ ޕީއެންސީއާއި ގުޅިވަޑައިގެންފައިވަނީ ދާދި ފަހުންނެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *