ފަލަސްތީނުގެ ޣައްޒާގައި ބަނޑުހައިހޫނުކަމުގައި ކާތަކެތި ހޯދަން މަގުތަކަށް ނުކުމެ އުޅުނު، ޣައްޒާގެ ގިނައަދަދެއްގެ ބަޔަކު އެއްވެފައިވާ ތަނަކަށް ޔަހޫދީ ސިފައިން ބޮން އަޅާ އެތައްބަޔަކު ޝަހީދުކޮށްލައިފިއެވެ.
ޣައްޒާގެ އެތައް ހާސްބަޔަކު ބަނޑުހައިހޫނުކަން ތަހައްމަލު ކުރަމުން ދާ މި ފަނޑިވަޅުގައި އެހީގެ ތަކެތި ހޯދުމަށް ޣައްޒާގެ ގިނައަދަދެއްގެ އާންމުން ދަނީ މަގުތަކަށް އެއްވެ ކާއެއްޗެއް ލިބޭތޯ މަސައްކަތް ކުރަމުންނެވެ. އެގޮތައް އެތަކެއް ހާސް ބަޔަކު އެއްވެފައިތިބި ތަނަކަށް އިސްރާއީލުގެ ސިފައިން ވަނީ ބޮމުގެ ހަމަލާތަކެއް ދީ އެތައްބަޔަކު ޝަހީދުކޮށްލާފައެވެ.
ރިޕޯޓުތައް ބުނާގޮތުން އިސްރާއީލުގެ މި ހަމަލާތަކުގައި ޣައްޒާގެ އެތައް ބަޔަކު ޒަޚަމުވެފައިވާއިރު، 104 މީހަކު ވަނީ މި ހަމަލާތަކުގައި ޝަހީދުވެފައެވެ. އޭގެތެރޭގައި ކުޑަކުދިންނާއި އަންހެނުން ގިނަ އަދަކަށް ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ.
މެދު ނުކެނޑި އިސްރާއީލުން ފަލަސްތީނުގެ ކުށެއް ނެތް އާންމުން މަރަމުން ގެންދާއިރު، ބަނޑުހައިހޫނުކަމުގައި ވެސް އެތައް ކުޑަކުދިންނެއް އަންނަނީ މަރުވަމުންނެވެ. އެގޮތުން މިހާތަނަށް ކާނާ ނުލިބި 10 ކުޑަކުދިން މަރުވެފައިވާ ކަމަށް ޣައްޒާގައި ހުންނަ ފަލަސްތީނުގެ ސިއްޚީ
ވުޒާރާއިންބުނެއެވެ.









