Search Streamline Icon: https://streamlinehq.com

ހިޒްބުﷲ އިން، އިސްރާއީލުގެ އުތުރު ސަރަހައްދުތަކަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފި

GHqVVV1XEAAjsYD

އިސްރާއީލުގެ އުތުރު ސަރަހައްދުތަކުގައި ހުރި އިސްރާއީލުގެ އަސްކަރީ އެއާބޭސްތަކަކަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ލުބުނާނުގެ ހިޒްބުﷲ އިން ދީފިއެވެ.

ރިޕޯޓުތައް ބުނާގޮތުން މިިއަދު ހެނދުނުގެ ވަގުތެއްގައި ހިޒްބުﷲ އިން ވަނީ އިސްރާއީލުގެ އަސްކަރިއްޔާގެ އެއާބޭސްތަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ މިސައިލް ހަމަލާތަކެއް ފޮނުވާލާފައެވެ. ހިޒްބުﷲ އިން މި މިސައިލް ހަމަލާތައް އަމާޒުކޮށްފައިވަނީ އިސްރާއީލުގެ އުތުރު ސަރަހައްދުގައި އޮންނަ މެރޮން އެއާބޭސްއަށެވެ.

ފާއިތުވި ހަފްތާއިން ފެށިގެން ހިޒްބުﷲ އިން އިސްރާއީލުގެ އެކި ހިސާބުތަކަށް ވަރުގަދަ ރޮކެޓް ހަމަލާތަކާއި މިސައިލް ހަމަލާތައް އަމާޒުކުރަމުން ދާއިރު، އިސްރާއީލުން ވެސް ދަނީ އޭގެ ރައްދުގައި ހަމަލާތައް ދެމުންނެވެ.

ހިޒްބުﷲ ގެ ހަމަލާތަކާއި ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާއިން އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން އަންނަ އިރު، އެގައުމުގެ އަސްކަރިއްޔާއިން ބުނީ ހިޒްބުﷲ އިން ދެމުން ގެންދަނީ ބިރުވެރި ހަމަލާތަކެއް ކަމަށާއި އެ ހަމަލާތައް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަކަމަށެވެ.

އަދި ހިޒްބުﷲ ގެ މި ހަމަލާތަކުގެ ރައްދުގައި ހަމަލާތައް ދީ އެކަމުގެ ބަދަލުހިފުން ކުރިޔަށް ދާކަމަށް ވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ.

ހިޒްބުﷲ އާއި އިސްރާއީލުގެ ކުރިމަތިލުންތައް ފެށިފައިވަނީ އިސްރާއީލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ އާންމުންނަށް ދެމުން ގެންދާ ހަމަލާތަކާއި ގުޅިގެންނެވެ. ހިޒްބުﷲ އިން ބުނީ ފަލަސްތީނުގެ އާންމުންނާއި ދެކޮޅަށް އިސްރާއީލުން ހިންގާ ގަތުލުއާންމުތައް ހުއްޓާ ނުލާހާ ހިނދަކު ހަމަލާތައް ދިނުން ކުރިއަށް ދާނޭކަމަށެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *