Search Streamline Icon: https://streamlinehq.com

ކުރި ހުވަޔަށް ދުނިޔެއާއި އާޚިރަތުގައި ވެސް ޒިންމާވާންޖެހޭނެކަން އެނގޭ: ރައީސް މުއިއްޒު

Raeesuljumhooriyyaa

ވެރިކަމާ ހަވާލުވެވަޑައިގަންނަވަން ނޮވެމްބަރު 17، 2023 ގައި ކުރި ހުވައިގެ ކޮންމެ ލަފުޒެއް ވެސް މުހިއްމުކަމަށާއި އެއީ، ދުނިޔެއާއި އާޚިރަތުގައި ވެސް ޒިންމާވާންޖެހޭ ހުވައެއްކަން އެނގިވަޑައިގަންނަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރު ފަހު، ރ. ދުވާފަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޚުވީ އިދިކޮޅު އެމްޑީޕީން އަންނަނީ އެމަނިކުފާނަކީ އިތުރުފުޅު ހައްދަވާ ބޭފުޅެއް ކަމަށް ތުހުމަތުކުރައްވަމުންކަމަށާއި ނަމަވެސް އެއްވެސް އިރެއްގައި ދޮގެއް ނުހައްދަވާކަމަށެވެ.

އެމްޑީޕީގެ ތުހުމަތުތަކަށް ރައްދުދެއްވަމުން ރައީސް ވިދާޅުވީ ދުވަހަކުވެސް ދޮގެއް ހައްދަވާފައި ނުވާނޭ ކަމަށާއި އަދި ދޮގެއް ނުވެސް ހައްދަވާނޭ ކަމަށެވެ.

”އަޅުގަނޑަކީ ކަންކަމުގައި ދޮގު ހަދާ މީހެއް ނޫން، އަޅުގަނޑަކީ ކަންކަމުގައި ރައްޔިތުންނާ ގާތުން މަސައްކަތްކުރާ މީހެއް. ނޫސްވެރިންނާ ގާތުން މަސައްކަތްކުރާ މީހެއް،“ އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެއްވެސް ކަމެއް ރައްޔިތުންނަށް ފޮރުވިފައެއް ނޯންނާނެކަމަށާއި ހުރިހާ ކަމެއް ވެސް ސާފުކޮށް ކިޔައިދެމުން އަންނަކަމަށެވެ.

އަދި އެމަނިކުފާނާއި ރައްޔިތުން ބޭނުން ސުވާލެއް ކުރަން ފުރުސަތު ދީފައި ވާ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *