Search Streamline Icon: https://streamlinehq.com

ކާބޯތަކެތި ނުލިބި، ޣައްޒާއިން މިހާތަނަށް 15 ކުޑަކުދިން ބަނޑަށް މަރުވެފައިވޭ

231106231737 01 gaza children

ޔަހޫދީ އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން ކާބޯތަކެތި ނުލިބި، ހަށިގަނޑުން ފެންމަދުވެ، ޣައްޒާގެ 15 ކުޑަކުއްޖަކު މިހާތަނަށް މަރުވެފައިވާ ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ކާބޯތަކެތި ނުލިބި މިއަދުވެސް ޣައްޒާއިން ދެ ކުއްޖަކު މަރުވެފައިވާއިރު، އަދިވެސް ގިނަ އަދަދެއްގެ ކުޑަކުދިން އަންނަނީ މަރާއި ހަނގުރާމަ ކުރަމުންނެވެ.

ޣައްޒާގެ ހެލްތް މިނިސްޓްރީ ބުނީ ކާބޯތަކެތި ނުލިބުމުގެ ސަބަބުން ޣައްޒާގެ އެތަކެއް ކުދަކުދިންނެއް މަރުވަމުން އަންނަކަމަށާއި މިކަމަށް ވަރަށް އަވަހަށް ހައްލެއް ބޭނުންވާކަމަށެވެ.

އިސްރާއީލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކަށް ކުޑަވެސް މަޑުޖެހުމެއް އައިސްފައި ނުވާއިރު، މި ހަމަލާތަކުގައި މިހާތަނަށް 12،300 ކުޑަކުދިންނާއި 8،400 އަންހެނުން ވަނީ ޝަހީދުވެފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *