ރާއްޖެ އަށް އައި ފަތުރުވެރިންގެ އަދަދު 400،000 އިން މައްޗަށް އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 2 އާ ހަމައަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 423،863 އަށް އަރަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު 16.9 ޕަސެންޓްގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައީ 362،559 ފަތުރުވެރިންނެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖަނަވަރީ އަދި ޖެނުއަރީ މަހުގެ ތެރޭގައި 192،385 ފަތުރުވެރިން އައިސްފައިވާ އިރު، މިދިޔަ މަހުގެ ތެރޭގައި އައީ 217،394 ޓޫރިސްޓުންނެވެ. އަދި މި މަހުގެ 2 އާ ހަމައަށް އައިސްފައި ވަނީ 14،084 ފަތުރުވެރިންނެވެ.
މިހާރު އެންމެ ގިނަ ފަތުރުވެރިންނަށް ގަދަ 3 ގައުމަށް ބަލާ އިރު ޗައިނާ އެއްވަނައިގައި އޮތީ 54،719 ޓޫރިސްޓުންނާ އެކީގަ އެވެ.
ދެވަނައިގައި ރަޝިއާ އޮތީ 41،583 ފަތުރުވެރިންނާއި އެކީގަ އެވެ. އަދި އިޓަލީން 39،962 ފަތުރުވެރިން އައިސްފައިވެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ރާއްޖޭގެ މި އަހަރުގެ ފަތުރުވެރިންގެ ޓާގެޓަކީ މަދުވެގެން 2.3 މިލިއަން ފަތުރުވެރިން ގެނައުމެވެ.









