Search Streamline Icon: https://streamlinehq.com

ހަރަދުތައް ކުރުން ހުއްޓާލައި އިގްތިސާދު ފުޅާ ކުރަމުން މަޝްރޫއުތައް ވެސް ހިންގާނަން: ރައީސް

Raees Muizzu

ސަރުކާރުން ބޭކާރު ހަރަދުތައް ކުރުން ހުއްޓާލައި އިގްތިސާދު ފުޅާ ކުރަމުން މަޝްރޫއުތައް ވެސް ހިންގަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދ. މީދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރުން ބޭކާރު ހަރަދުތައް ކުރުން ހުއްޓާލައި އިގްތިސާދު ފުޅާ ކުރަމުން މަޝްރޫއުތައް ވެސް ހިންގަވާނެ ކަމަށާއި  ސަރުކާރާ ހަވާލުވި އިރުގައި ބޭރަށް ދައްކަން ޖެހޭ ފައިސާ 120 ބިލިއަން ރުފިޔާގައި ހުރިއިރު، އެތެރޭގެ ދަރަނި ނުވަ ބިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ.

ރައީސް ވިދާޅުވީ ދިވެހި ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ ދައްކަމުންނާއި ބޭރުގެ އެކިއެކި ބޮޑެތި ލޯންތައް ދައްކަމުން ދަނީ ފައިސާ ޗާޕް ނުކޮށް ކަމަށެވެ.

ރައީސް ވިދާޅުވީ ފައިސާ ޗާޕް ކުރުނަ ހުއްޓާ ނުލިނަމަ ގައުމު ބަނވުރޫޓް ވާނޭކަމަށާއި އަދި ދިވެހި ރުފިޔާގެ އަގު ވެއްޓެމުން ވެއްޓެމުން ގޮސް އަތުގަ ނުޖެހޭ ހިސާބަށް ދާނެކަމަށެވެ.

އަދި ޑޮލަރުގެ އަގު 20 ރުފިޔާއަށް ވުރެ ވެސް މައްޗަށް އަރައިގެން ގޮސް އިގުތިސާދު އެއްކޮށް ހަލާކުވީސް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ފައިސާ ޗާޕްކުރުން ހުއްޓުމަކަށް ގެނައުމަށް ނިންމި ނިންމުމަކީ   ފަސޭހަ ނިންމުމެއް ނޫންކަމަށެވެ. އަދި އެ ނިންމުމަކީ ރައްޔިތުންގެ ހައްޤުގައި ނިންމި ނިންމުމެއްކަމަށް ވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފައިސާ ޗާޕް ކުރުން ހުއްޓާލުމުގެ ހެޔޮ ނަތީޖާ މިއަދު ވަރަށް ރަނގަޅަށް ފެންނަމުންދާ ކަމަށެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *