Search Streamline Icon: https://streamlinehq.com

އޮއިވާލި ކަނދުފަތީގެ ޕޮޒިޝަން ލިސްޓް ފަސޭހައިން ބަލައިލެވޭނެ

Oivaali kandufathi

މަސްވެރިންނަށް ރަށާއި ކައިރިން މަސްވެރިކަން ކުރުމުގެ ފުރުޞަތު ތަނަވަސް ކޮށްދިނުމުގެ މަޤުޞަދުގައި ދިވެހި ސަރުކާރުން ރާއްޖޭގެ އަތޮޅުތަށް ވަށައިގެން ހަރުކޮށްފައިވާ އޮއިވާލި ކަނދުފަތިތަކުގެ ޕޮޒިޝަން ލިސްޓް ކޮންމެ ވަގުތަކުވެސް ބަލައިލެވޭނެ އިންތިޒާމް ފިޝަރީޒް މިނިސްޓްރީން ހަމަޖައްސަވައިފި އެވެ.

ރާއްޖޭގައި އަޅާފައިވާ އޮއިވާލި ކަނދުފަތިތަކުގެ ޕޮޒިޝަން ލިސްޓް ވަގުތުން ބަލައިލެވޭނެ އިންތިޒާމް ފިޝަރީޒް މިނިސްޓްރީން ހަމަޖައްސަވާފައިވާއިރު މިލިސްޓަކީ ބަރާބަރަށް އަޕްޑޭޓްކުރާނެ ލިސްޓެއް ކަމަށްވެސް މައުލޫމާތު ލިބެ އެވެ.

ފިޝަރީޒް މިނިސްޓްރީން ވަނީ ދޮށީގައި މަސްވެރިކަންކުރާ ފަރާތްތަކަށް ޚާއްޞަ 65 އޮއިވާލި ކަނދުފައްޗާއި ވަދު މަސް ވެރިންނަށް ޚާއްޞަ 18 ކަނދުފަތި ރާއްޖޭގެ އެކި ސަރަހައްދުގައި ޤާއިމް ކޮށްފަ އެވެ.

ރާއްޖޭގެ ގިނަ އަތޮޅުތަކުގައި ވަދު ކަނދުފަތި ޤާއިމް ކޮށްފައިވާއިރު އަދި މިހާތަނަށް ހައްދުންމައްޗާއި މާލެ އަތޮޅުގައި ވަދު ކަނދުފަޗެއް ޤާއިމްކޮށްފައި ނެތްކަން އެ ސަރަހައްދުގައި ވަދު މަސްވެރިކަން ކުރާ ފަރާތްތަކުން ފާހަގަ ކުރެ އެވެ. އަދި މި ދެއަތޮޅުގައި ވަދު ކަނދުފަޗެއް ނެތުމުގެ ސަބަބުން ވަދު މަސްވެރިކަން ކުރާ ފަރާތްތަކުން މަސްވެރިންނަށް ޚާއްޞަކުރެވިފައިވާ ކަނދުފަތީގެ ބޭނުން ކުރަމުން ދާކަމަށްވެސް  އެސަރަހައްދުގައި މަސްވެރިކަންކުރާ ފަރާތްތަކުން މަޢުލޫމާތު ދެއްވަ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އަޅަފައިވާ އޮއިވާލި ކަނދުފަތީގެ ލިސްޓް އެންމެ ފަހުން އަޕްޑޭޓްކޮށްފައި ވަނީ މި ހިނގާ މާރިޗު މަހުގެ 5 ވަނަ ދުވަހު އެވެ.

ރާއްޖޭގެ ކަނޑޫގެ ސަރަހައްދުގައި އަޅާފައިވާ އޮއިވާލި ކަނދުފަތި  މި ލިންކް އިން ބައްލަވާ ލެވޭނެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *