Search Streamline Icon: https://streamlinehq.com

އެޗްޑީސީއަށް ލިބެން ޖެހޭ 800 މިލިއަން ރުފިޔާ ނުލިބި އެބަހުރި: ފަޒުލް

Big olUx7gjGmpbIMzxA3zhOXAYTb

އެޗްޑީސީއަށް ލިބެން ޖެހޭ 800 މިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށް  އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒާ އެކު ފެލިދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅު ގައި ފަޒުލް ވިދާޅުވީ ހުޅުމާލޭގެ 50 ބިމަކާއި ތިލަފުށީގެ 35 ބިމެއް ނުހައްގުން ބޭނުން ކުރަމުންދާ ކަމަށާ، އެގޮތުން އެޗްޑީސީއަށް ލިބެން ޖެހޭ 800 މިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށެވެ.

ވާހަކަފުޅުގައި ފަޒުލް ވިދާޅުވީ ނުހައްގުން ބޭނުން ކުރަމުން ގެންދާ ބިންތަކުގެ މައްސަލައާއި އެޗްޑީސީއަށް ލިބެން ޖެހޭ 800 މިލިއަން ރުފިޔާ ނުލިބިވާ މައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ.

ފަޒުލް ވިދާޅުވީ އޭނާއާ ގުޅޭގޮތުން އެކިފާރާތްތަކުން ދައްކާފާނެ ވާހަކަ އަކަށް ޖެހިލުންވެ ހަގީގަތް ހާމަ ކުރަން ނުކެރި ނުހުންނަވާނެ ކަމަށާ އެ ފައިސާ ހޯދަން މިދިޔަ އެމްޑީޕީގެ ފަސް އަހަރު އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށެވެ.

އެޗްޑީސީގެ ހާލަތު ރަނގަޅު ނޫން ކަން ފާހަގަ ކުރައްވާ ފަޒުލް ވިދާޅުވީ ކުންފުނީގެ ދަރަނި ވަނީ 10 ބިލިއަން ރުފިޔާ ފަހަނައަޅާ ގޮސްފައި ކަމަށާއި މިދިޔަ ފަސް އަހަރު ކުންފުނީ ގައި ގަވާއިދާ ހިލާފު އެތައް ކަމެއް ހިންގާފައިވާ ކަމަށެވެ.

މީގެ އިތުރުން ރައީސް ސޯލިހްހެ ސަރުކާރުން ބިންވެރިޔާ ސްކީމުން ގޯތި ދިންއިރު ފެނާއި ނަރުދަމާ އަޅާފައިވާ ތަންތަނުން ވެސް ގޯތި ދޫކޮށްފައިވާ ކަމަށާ ބޮޑެތި ހިލަފުނިތައް ހުރި ތަންތަނުން ވެސް ގޯތި ދޫކޮށްފައިވާ ކަމަށް ފަޒުލް ވިދާޅުވި އެެވެ.

އަދި ބައެއް މީހުންނަށް އެ މީހުންގެ އަނބިންނާ އެކު ގުރުއަތުން ޖެހިޖެހިގެން ދެ ގޯތި ލިބިފައިވާ ކަމަށް ވެސް ފަޒުލް ވަނީ ވިދާޚުވެފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *