Search Streamline Icon: https://streamlinehq.com

މި ދައުރުގެ ތެރޭގައި 40000 ހައުސިން ޔުނިޓްގެ މަޝްރުއޫ ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ: ރައީސް

350019 9e8a2071 4

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމަކީ ސަރުކާރުން އެންމެ އިސްކަމެއް ދެއްވާ އެއް މަސައްކަތްކަމަށާއި އެގޮތުން ސަރުކާރުން އަމާޒު ހިފާފައިވަނީ އަތޮޅުތަކުގައި 40000 ހައުސިން ޔުނިޓްގެ މަޝްރުއޫ ދައުރުގެ ތަރޭގައި ކުރިއަށް ގެންދިއުމަށް ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވ. ފެލިދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެދޮރުވެރިކަމުގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައް ވެސް މިއަހަރުގެ ތެރޭގައި ފެށޭނެކަމަށާއި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމަކީ ސަރުކާރުން އެންމެ އިސްކަމެއް ދެއްވާ އެއް މަސައްކަތްކަމަށެވެ. އަދި ސަރުކާރުން އަމާޒު ހިފާފައިވަނީ އަތޮޅުތަކުގައި 40000 ހައުސިން ޔުނިޓްގެ މަޝްރުއޫ ދައުރުގެ ތަރޭގައި ކުރިއަށް ގެންދިއުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕްރޮޖެކްޓްތައް ހިންގުމުގެ މަސައްކަތް އަމަލީގޮތުން ފައްޓާވާނެކަމަށާއި ފްލެޓާއި ރޯހައުސްގެ އިތުރުން އަމިއްލަ މީހުންނަށް ލިބިފައިވާ ބިމުގައި ގެދޮރު އެޅުމަށް ހިންގާ މަޝްރޫއުތައް އަދި ގެދޮރު އެޅުމަށް ލޯނު ދޫކުރުމުގެ މަސައްކަތްވެސް ފައްޓަވާނެކަމަށެވެ.

ރައީސް ވިދާޅުވިީ ފެލިދޫގެ ލޭންޑުޔޫސް ޕްލޭންގައި ކަނޑައަޅާފައި އޮތް މިންވަރަށް ބިންހިއްކުމަށް ރޭވިފައިވާ ކަމަށާއި އަދި އަމާޒަކީ މިއަހަރުގެ ތެރޭގައި މި މަޝްރޫއު ފަށައި، ކުރިޔަށްގެންގޮސް ވީ އެންމެ އަވަހަކަށް ނިންމައިލުންކަމުގައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *