Search Streamline Icon: https://streamlinehq.com

ހަމާސް އިން މިހާތަނަށް ޔަހޫދީންގެ 62 ކޮމާންޑަރުން މަރާލާފައިވޭ

GIDtvueXEAAIS9P

މިދިޔަ އަހަރުގެ އޮކްޓޫމަހުގެ ހަތްވަނަ ދުވަހުން ފެށިގެން މިހާތަނަށް އިސްރާއީލުގެ އަސްކަރިއްޔާގެ އިސްކޮށް ހަރަކާތްތެރިވާ އިސް 62 ކޮމާންޑަރަކު ހަމާސްއިން މަރާލާފައިވާ ކަމަށް އިސްރާއީލުގެ މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

އިސްރާއީލުގެ ބައެއް ނޫސް ތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަމާސްގެ ހަމަލާތަކުގައި މިހާތަނަށް މަރުވި 62 ކޮމާންޑަރުންގެ ތެރޭގައި ހިމެނެނީ 4 ބްރިގޭޑް ކޮމާންޑަރުންނާއި 39 ޕްލެޓޫން ކޮމާންޑަރުންނާއި 13 ބެޓޭލިއަން ކޮމާންޑަރުންނާއި 6 ލެފްޓިނެންޓް ކާނަލުންނެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުން އިސްރާއީލުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ މި އަދަދަށް ވުރެ ވެސް ހަމާސްގެ ހަމަލާތަކުގައި މަރުވި އިސްރާއީލުގެ ކޮމާންޑަރުންގެ އަދަދު އިތުރުވާނެއެވެ. ނަމަވެސް އިސްރާއީލުގެ އަސްކަރިއްޔާގެ އާދަކާދައިގެން ތެރެއިން ހަގީގަތް ހާމަކުރުމަކީ އެމީހުން ކޮށް އުޅޭކަމެއް ނޫނެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން އަބަދުވެސް އެމީހުން ކުރާ ހަނގުރާމަތަކުގައި މަރުވާ ސިފައިންގެ އަދަދު ސިއްރުކުރެއެވެ. ހަގީގަތް ހާމަނުކުރެއެވެ. މިކަން ވަނީ އިސްރާއީލުގެ މީޑިއާތަކުން ވެސް ތަކުރާރުކޮށް ފާހަގަކޮށްފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *