Search Streamline Icon: https://streamlinehq.com

ސިޔާސީ ގޮތުން ޚިޔާލުތަފާތުވުމަކީ މީހުންގެ ޒާތަށް އަރައިގަނެ ޢަބުރުކަތިލުމެއް ނޫން: އަބްދުއްރަހީމް

339076 1923b0ae 5

ސިޔާސީ ކަންކަމަކީ ޒާތީ ކަންކަން ނޫންކަމަށާއި ސިޔާސީ ގޮތުން ހިޔާލުތަފާތުވުމަކީ މީހުންގެ ޒާތަށް އަރައިގަނެ އަބުރުކަތިލުން ނޫންކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު ކ. ގުރައިދޫއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ސިޔާސީ ކަންކަމަކީ ޒާތީ ކަންކަން ނޫންކަމަށާއި ސިޔާސީ ގޮތުން ހިޔާލުތަފާތުވުމަކީ މީހުންގެ ޒާތަށް އަރައިގަނެ އަބުރުކަތިލުން ނޫންކަމުގަ އެވެ.

އަބްދުއްރަހީމް ވިދާޅުވީ، އިދިކޮޅުފަރާތްތަކުން ދަނީ  އެއްވެސް އަސާސެއް ނެތް ގޮތެއްގެ މަތިން ރައީސްގެ އިސްތަށިފުޅުގައި އިލްޒާމްތައް އަޅުވަމުންކަމުގަ އެވެ. އަދި އެކަން އެމަގުން ކުރާނަމަ އެއީ ތަަސައްރަފު ނުފުދޭ ބައެއްކަމަށްވެސް އަބްދުއްރަޙީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ، ތަސައްރަފު ފުދި ބޮޑުވެފައި ތިބޭ މީހުން ހާއްސަ ގޮތެއްގައި ސިޔާސީ މީހުން އެހެން މީހުންގެ ޒާތަށް އަރައިނުގަންނާނެކަމަށާއި އަނބިދަރިންނާއި ބެހުން ފަދަ އަމަލުތައް ނުހިންގާނެކަމަށާއި އެއީ ދަށުދަރަޖައިގެ އަމަލުތަކެއްކަމުގަ އެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހިން ހޭލާ ތިބުމަށް އެދޭކަަމަށާއި ދިވެހިރާއްޖެއަށް ހެޔޮއެދޭ ބަޔަކު މީހުން، މީސް މީހުންގެ ޒާތާއި ބެހުން އަދި އަބުރަށް އަރައިގަތުން ފަދަ އަމަލުތައް ނުހިންގާނެކަމުގަ އެވެ. އަދި އެފަދަ އަމަލުތައް ހިންގާނީ ކޮންމެވެސް އެހެން މަގުސަދެއް ހާސިލުކުރުމުގެ ނިޔަތުގައިކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *