Search Streamline Icon: https://streamlinehq.com

އާބާދީ ކުޑަ ރަށަކަސް އަދި ބޮޑު ރަށަކަސް ކޮންމެ ރައްޔިތަކު އަޅުގަނޑަށް މުހިންމު: ރައީސް

Dr Muizzu

ކިތަންމެ އާބާދީ ކުޑަ ރަށެއްގައި ހުއްޓަސް އަދި  ކިތަންމެ އާބާދީ ބޮޑު ރަށެއްގައި ހުއްޓަސް ކޮންމެ ރައްތިތަކު މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޅ އަތޮޅު ހިންނަވަރަށް ވަޑައިގެން، އިއްޔެ އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްޖަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރާއްޖޭގައި ކިތަންމެ އާބާދީ ކުޑަ ރަށެއްގައި ހުއްޓަސް އަދި  ކިތަންމެ އާބާދީ ބޮޑު ރަށެއްގައި ހުއްޓަސް ކޮންމެ ރައްތިތަކު މުހިންމުކަމަށާއި އެގޮތުން ހިންނަވަރުގަ މިހާތަނަށް ހަގީގަތަކަށް ނުވެ ގޮސްފައިވާ ހުރިހާ މަސައްކަތެއް ހަގީގަތަކަށް ހަދައިދެއްވާނޭ ކަމަށެވެ.

ރައީސް ވިދާޅުވީ ހިންނަވަރަކީ ވަކި ބަޔަކު އެ މީހުންގެ މިލްކެއްގެ ގޮތުގައި ދެކޭ ރަށެއް ކަމަށާއި ނަމަވެސް އެރަށުގެ ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ނުވެ އެތައް ޒަމާނެއް ހޭދަވެގެން ގޮސްފައިވާ ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން ހިންނަވަރު ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދީ އެރަށަށް ފުރިހަމަ ހައްގު ހޯދައިދޭނެ ކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސް ޑރ.މުއިއްޒު ވަނީ ކޮންމެ ސިޔާސީ ވިސްނުމެއްގެ މީހެއް ކަމަށް ވިޔަސް، އެމަނިކުފާނުގެ ކުރިމަތީގައި ހުރިހާ ދިވެހި ރައްޔިތުން ހަމަހަމަ ކަމަށާއި އެ މީހެއްގެ ސިޔާސީ ވިސްނުމަކީ އެމަނިކުފާނަށް މުހިންމު އެއްޗެއް ނޫންކަމަށެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *