Search Streamline Icon: https://streamlinehq.com

މާދަމާ އަކީ 1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައަޅައިފި

431625782 722343146742890 1238228083301410152 n 1024x519

މާދަމާ، މީލާދީ ސަނަތުން 2024 ވަނަ އަހަރުގެ މިހިނގާ މާރިޗު މަހުގެ 11 ވާ ހޯމަ ދުވަހަކީ، ހިޖުރީ ސަނަތުން 1445 ވަނަ އަހަރުގެ ރަމަޟާންމަހުގެ 01 ވަނަ ދުވަސް ކަމުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކަނޑައަޅައިފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި މިރޭ ބޭއްވި ހަނދު ސާބިތުކުރުމުގެ ޖަލްސާގައި މާދަމާއަކީ ރަމަޟާންމަހުގެ ފުރަތަމަ ދުވަސްކަމުގައި ކަނޑައެޅީ، ހިޖްރީ ސަނަތުން 1445 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 29، (މީލާދީ ސަނަތުން 2024 ވަނަ އަހަރުގެ މާރިޗު މަހުގެ 10) ވީ އާދީއްތަ ދުވަހުގެ އިރު އޮއްސޭއިރު، ދިވެހިރާއްޖެއަށާއި އިސްލާމީ ގިނަ ޤައުމަތަކަށް ވެސް 1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެންމަތިވެފައި ހުންނާނޭކަމަށް، އިތުބާރުހުރި، ފަލަކީ ހިސާބުން ކަށަވަރުވާތީއާއި، ރަމަޟާންމަހާއި، ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް، ދިވެހިރާއްޖޭގައި ޢަމަލުކުރުމަށް ހަމަޖެހިފައިވާ އުޞޫލުގައި ވާގޮތުގެ މަތިންނެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *