Search Streamline Icon: https://streamlinehq.com

ހަބީބު ވަކިވެވަޑައިގަތުމުން އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސަކަށް އަލީ ނަޝާތު އައްޔަން ކޮށްފި

P2MnmUsVFa14dkKq66BR

އިލެކްޝަންސް ކޮމިޝަނުގައި 21 އަހަރު މަސައްކަތް ކުރެއްވުމަށްފަހު އެ ކޮމިޝަންގެ މެމްބަރުކަމުން ނައިބު ރައީސް ކަމުގައި ހުންނެވި އިސްމާއިލް ހަބީބް އީސީން މިއަދު ވަކިވެވަޑައިގެންނެވުމާއި ގުޅިގެން  އެ މަގާމަށް އަލީ ނަޝާތު އައްޔަން ކުރައްވައިފިއެވެ.

އީސީން ބުނީ ހަބީބްގެ ދައުރު ހަމަވުމާއެކު އެ ކޮމިޝަންގެ ގާނޫނުގެ ހަތް ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މިއަދު ބޭއްވުނު ކޮމިޝަނުގެ 820 ވަނަ އާންމު ޖަލްސާއިން، އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަށް، ނަޝާތު އައްޔަންކޮށްފައިވާ ކަަމަށެވެ.

ނަޝާތު މި މަގާމަށް އައްޔަންކުރެއްވުމާއި ގުޅިގެން ހަބީބް ކުރެއްވި ޕޯސްޓެއްގައި ވަނީ ނަޝާތަށް ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކޮށްފައެވެ. ހަބީބް ވިދާޅުވީ ނަޝާތަކީ އިންތިހާބުތައް ޒަމާނީ ފެންވަރަށް ގެންގޮސް ޑިޖިޓަލައިޒް ނިޒާމަކަށް އީސީގެ ޚިދުމަތްތައް ބަދަލުކޮށް ސިޔާސީ ޕާޓީ ތަކަށާއި ކެންޑިޑޭޓުންނާއި، އިލެކްޝަންސް ކޮމިޝަނުން ޚިދުމަތް ހޯއްދަވާ ހުރިހާ ފަރާތްތަކަށް ފަސޭހަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ފަންނުވެރިކަމާއި ގާބިލްކަންހުރި ބޭފުޅެއް ކަމަށެވެ.

އިލެކްޝަން ކޮމިޝަންގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް, ފުވާދު ތައުފީގް, ނައިބު ރައީސް އަލީ ނަޝާތު, ކޮމިޝަންގެ މެމްބަރ ޑރ. މުޙައްމަދު ޒާހިރު އާއި މުހައްމަދު އާސިފްއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *