Search Streamline Icon: https://streamlinehq.com

ޓެކްސް ކޮމިޝަނަރު ކަމަށް އައްޔަން ކުރާ ބޭފުޅުންގެ ނަންތައް މަޖިލީހަށް!

387887 3 f72a3ed17a4e006fef54fd4a080f14fcd7680fc0 large

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމުގައި ހުންނެވި ޔަޒީދު މުހައްމަދުގެ ނަން ހިމެނޭހެން އެ މަޤާމަށް ބޭފުޅަކު އައްޔަންކުރުމަށް މަޖިލީހަށް ފޮނުވައިފިއެވެ.

ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި ފަތުހުﷲ ޖަމީލް ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމަށް މިދިޔަ މަހުގެ އެއްވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޓެކްސް ކޮމިޝަނަރުކަމަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތުގައި މަގާމަށް ކުރިމަތިލީ މެންބަރުންގެ ތެރެއިން މަގާމުގެ ޝަރުތު ހަމަވާ މެންބަރުންގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފެނިވަޑައިގަންނަވާ ތަރުތީބުން މިއަދު ވަނީ މަޖިލީހަށް ނަންތައް ފޮނުއްވައިފައެވެ.

ރައީސް ޑރ. މުއިއްޒު މަޖިލީހަށް ފޮނުވި ނަންތަކުގެ ތެރޭގައި، ޔަޒީދު މުހައްމަދު، ވައިޖެހޭގެ، ގއ. ވިލިނގިލި އަދި ހަސަން ޒަރީރު، ހުޅުމާލެ، ފްލެޓް ނަމްބަރު ބީ -3-1-ސީ ހިމެނެއެވެ.

މަޖިލީހުން މިހާރު ވަނީ އެ ދެބޭފުޅުންގެ ނަން ދިރާސާކުރުމަށް ކަމާގުޅޭ ކޮމިޓީއަށް ފޮނުވާފައެވެ. ޔަޒީދާއި ޒަރީރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި މީރާއަށް އައްޔަންކުރި ދެ ބޭފުޅުންނެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *