މި ވެރިކަން އުފެދިގެން އައީ ރައްޔިތުންނަށް އޮޅުވާލައި ދޮގު ވިއްކައިގެންކަމަށާއި މިއަދު ވެރިކަމުގައި ހުންނެވި ރައީސް މުއިއްޒަށް ގައުމުގެ މިސްރާބު އޮތް ހިސާބު އެއްވެސް މިންވަރަކަށް ފަހުމު ނުވާކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ މި ވެރިކަން އުފެދިގެން އައީ ރައްޔިތުންނަށް އޮޅުވާލައި ދޮގު ވިއްކައިގެންކަމަށާއި މިއަދު ވެރިކަމުގައި ހުންނެވި ރައީސް މުއިއްޒަށް ގައުމުގެ މިސްރާބު އޮތް ހިސާބު އެއްވެސް މިންވަރަކަށް ފަހުމު ނުވާކަމަށެވެ.
މިއަދުގެ ސަރުކާރުން ރައްޔިތުންގެ ހައްގުތައް ނިގުޅައިގެންފައިވާކަމުގެ ތުހުމަތު ކުރައްވައި ފައްޔާޒް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މެޖޯރިޓީ ސަރުކާރަށް ލިބުމުން ގައުމު އެ ވައްޓާލެވެނީ 10 އަހަރު ފަހަތަށް ކަމަށެވެ.
ފައްޔާޒު ވިދާޅުވީ ބަސް ބުނުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމަކީ މި ސަރުކާރުން ގަބޫލު ކުރާ ވާހަކަތަކެއް ނޫންކަމަށާއި އެކަން މިދިޔަ ތިން މަސް ދުވަހުގެ ސަރުކާރުގެ އަމަލުތަކުން ހާމަވާކަމަށެވެ.
ފައްޔަަޒު ވިދާޅުވީ މިއަދު ވެރިކަމުގައި ހުންނެވި ޑރ. މުއިއްޒު އަކީ އެއްގޮތަކަށް ވެސް ވާނުވާ އެނގޭ ބޭފުޅެއް ނޫންކަމަށާއި މަސައްކަތައް ފައިސާ އާއި މީހުން އަދި އާލާތްތައް ހޯދައި މަސއްކަތް ރާވާނެ ގޮތެއްވެސް މުއިއްޒުއަށް ނޭންގޭ ކަމަށެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި އައްޔަނު ކުރި މިނިސްޓަރުންނާއި ޕާޓީގެ އެތެރޭގެ އެތައް ބަޔަކު އުނދަގޫކޮށް ޖެއްސުން ކުރަމުން ދިޔައިރު ވެސް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވަނެކަމަށާއި އަދި އޭގެ ސަބަބަކީ އެމްޑީޕީން ގަބޫލު ކުރާ ވަކި އުސޫލުތަކާއި ފަލްސަފާތަކެއް ހުރުމުންކަމަށް އޭނާ ވިދާޅުވި އެވެ.
ނިންމާލަމުން ފައްޔާޒު ވިދާޅުވީ މި ސަރުކާރު ވައްޓާލަން ޖެހިޖެނަމަ އެކަން ވެސް ކުރާނޭކަމަށެވެ.









