މި އަހަރުގެ ފިތުރު ޢީދު ދުވަހު ހަވީރު މާލޭ ސިޓީގައި ވެހިކަލް ދުއްވުން މަނާ ކޮށްފިއެވެ.
އަންނަ ފިތުރު އީދު ދުވަހު މާލޭގައި ވެހިކަލް ދުއްވުން މަނާކުރީ އެއީ މާލެ ސިޓީގެ ރައްޔިތުން ހަމަޖެހިލައިގެން އުފާ ފާޅުކޮށްލައި ހިތްހަމަ ޖައްސައިލައި އުޅޭ ދުވަހަކަށް ހެދުމަށް ޓަކައިކައެވެ.
މިއަދު އޮތް މާޅެ ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރުގެ 140 ވަނަ ރަސްމީ އާންމު ޖަލްސާގައި ނިންމާފައިވަނީ އީދު ދުވަހު ހަވީރު 16:00 އިން ފެށިގެން 18:00 އަށް މާލޭގެ މަގުތަށް ވެހިކަލް ނުދުއްވޭ ގޮތަށް ބަންދު ކުރުމަށެވެ.
ނަމަވެސް އީދު ދުވަހު ވެހިކަލް ދުއްވުން މަނާ ގަޑީގައި އިސްތިސްނާ ވާ އުޅަނދުތަކެއް ވެއެވެ. އެ އުޅަނދުތަކަށް މަނާ ގަޑީގައިވެސް މާލޭގެ މަގުތަކުގައި ދުއްވޭނެއެވެ. އޭގެ ތެރޭގައި، ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު، އެމްބިއުލެންސް ،ފުރާމީހުން ބޭނުންކުރުމަށް ހުއްދަދެވޭ އުޅަނދު، ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަކުރެވިފައިވާ އުޅަނދު، ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ޚިދުމަތް، އެދުވަހުގެ އެ ގަޑީގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދު ހިމެނެއެވެ.
މިއެންގުމާ ޚިލާފްވާ ފަރާތްތަކުން 2009/5 (އެއްގަމުދަތުރުފަތުރުގެ ޤާނޫނު) ގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ޓްރާންސްޕޯޓް އޮތޯރިޓީން ފިޔަވަޅު އަޅައެވެ.









