Search Streamline Icon: https://streamlinehq.com

ސޯލިހްގެ ވެރިކަމުގައި މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތް ނަމަވެސް ރާއްޖޭގެ މިނިވަންކަން ހިމާޔަތް ނުކުރެވުނު: ރައީސް

332305 971f38c7 d scaled

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އެމްޑީޕީއަށް އޮތް ނަމަވެސް އެ ބޭފުޅުންނަށް ރާއްޖޭގެ މިނިވަންކަން ހިމާޔަތް ނުކުރެވުނު ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕަބްލިކް ސާވިސް މީޑިއާއަށް ދިން ބަސްދީގަތުމެއްގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިހްގެ ވެރިކަމުގައި އެ މަނިކުފާނު މަސައްކަތް ކުރެއްވީ ރާއްޖޭގައި ހުންނެވި ބޭރުގެ ސަފީރަކު ދެއްވާ އޯޑަރާއި އެއްގޮތަށް ކަމަށް ތުހުމަތު ކުރައްވައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އެމްޑީޕީއަށް އޮތް ނަމަވެސް އެ ބޭފުޅުންނަށް ރާއްޖޭގެ މިނިވަންކަން ހިމާޔަތް ނުކުރެވުނު ކަމަށެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ތުރުކީގެ ކުންފުންޏަކާއެކު ސަރުކާރުން ވީ އެއްބަސްވުމުގެ ދަށުން ގެނައި ޑްރޯންތައް ގަތީ އަވަސް އަރުވާލައިގެން ކަމަށާއި، އެއީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް ފައިސާ ހޯދުމަށް ހިންގި ޖަރީމާއެއް ގޮތަށް އިދިކޮޅު އެމްޑީޕީން ކިޔާ ފާޑުކިޔުންތަކަށް ރައްދު ދެއްވާ ރައީސް ވިދާޅުވީ އަސްކަރީ އެފަދަ މަސައްކަތްތަކުގެ ތަފުސީލު އެއްވެސް ގައުމަކުން އިއުލާން ނުކުރާނެ ކަމަށާއި، ގައުމުދެކެ ލޯބިވާ ކޮންމެ މީހަކަށްވެސް އެފަދަ މައުލޫމާތު އާންމުނުކުރާނެކަން އެނގޭނެ ކަމަށެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ، ކަންކަން ސިއްރުނުކޮށް ހާމަކުރުމަކީ ތާއިދުކުރައްވާ ކަމެއް ކަމަށާއި، ނަމަވެސް މިކަމަކީ، ގައުމީ ސަލާމަތަށް މުހިންމު ކަމަކަށްވާތީ ބޮޑަށް ބަރޯސާ ވެވޭނީ ޗީފް އޮފް ޑިފެންސް ފޯސް އަދި ޖެނެރަލުން ވިދާޅުވާ ވާހަކަފުޅުތަކަށްކަމަށެވެ.  އެހެންވީމަ އެ ބޭފުޅުން އެ ވިދާޅުވާ ގޮތަށް ގައުމީ ސަލާމަތާއި ގުޅުންހުރި ކަންކަމުގައި އަމަލުކުރަމުން ގެންދާނެ ކަމަށެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *