ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދެވަނަ ދައުރެއް ހޯދާ ދިނުމަށް އެއް އާއިލާއެއްގެ ގޮތުގައި ޕީޕީއެމް އަދި ޕީއެންސީ އޮންނާނެ ކަމަށް މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ. 

ނިހާދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕީޕީއެމް/ޕީއެންސީ އޮތީ ރައީސް ޑރ. މުއިއްޒާއި އެކު ގަދަކޮށް ކަަމަށާއި ފިތުނަ ކޮށްގެން ބައިބައި ކުރަން ކުރެވޭ މަސައްކަތް ކާމިޔާބު ވުމަކީ ނާދިރު ކަމެއް ކަމަށެވެ.
ޕީޕީއެމް/ޕީއެންސީއަށް އެއްވެސް ދިރުމެއް ރައީސް ޑރ. މުޢިއްޒު ދޭން ބޭނުންފުޅުނުވާ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވިވިދާޅުވުމަށް ރައްދުދެއްވާ ނިހާދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދެވަނަ ދައުރެއް ހޯދާ ދިނުމަށް އެއް އާއިލާއެއްގެ ގޮތުގައި ޕީޕީއެމް އަދި ޕީއެންސީ އޮންނާނެ ކަމަށެވެ.
”ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ހޯދާ ދިނުމަށް އެއް އާއިލާއެއްގެ ގޮތުގައި ޕީޕީއެމް އާއި ޕީއެންސީ އޮންނާނެ، ދެން ޕީއެންސީ އާއި ޕީޕީއެމް ވެގެން ދާނީ ގައުމީ ފިކުރަަށް،“. އޭނާ ވިދާޅުވިއެވެ.









