Search Streamline Icon: https://streamlinehq.com

މިއީ ސޯލިހާއި އެމްޑީޕީ އަދި ޕީއެންއެފްގެ އެކަނި ގައުމެއް ނޫން. ބޭނުންހާ ގޮތަކަށް މި ގައުމުގައި ނޫޅެވޭނެ: އަދުރޭ

Original

މިއީ އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ އެކަނި ގައުމެއް ނޫންކަމަށާއި އަދި ޕީއެންއެފްގެ އެކަނި ގައުމެއް ވެސް ނޫންކަމަށާއި މި ގައުމުގައި ބޭނުންހާ ގޮތަކަށް ނޫޅެވޭނޭ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ޓިކެޓްގައި އައްޑޫ ހުޅުދޫއަށް ވާދަކުރައްވާ ކެންޑިޑޭޓު މުޙައްމަދު ޝާހިދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، މިއީ އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ އަދި ޕީއެންއެފްގެ އެކަނި ގައުމެއް ވެސް ނޫންކަމަށާއި މި ގައުމުގައި އެއްވެސް ބައަކަށް ބޭނުންހާ ގޮތަކަށް ނޫޅެވޭނޭ ކަމަށެވެ.

”ވަރަށް ކެރިގެން މި ވާހަކަ މި ދައްކަނީ. ނުދޭނަމޭ. ބޭނުންހާ ގޮތަކަށް މި ގައުމަކު ނޫޅެވޭނޭ. މިއީ ދިވެހި ރައްޔިތުންގެ ގައުމެކޭ، މިއީ އިބްރާހިމް މުހައްމަދު ސޯލިހުގެ އެކަނި ގައުމެއް ނޫނޭ. އެމްޑީޕީގެ އެކަނި ގައުމެއް ވެސް ނޫނޭ، ޕީއެންއެފްގެ އެކަނި ގައުމެއް ވެސް ނޫނޭ،“ އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން ދިވެހި ތާރީހުގައި މީހުން ގައުމަށް ޣައްދާރުވީ ވެރިކަމުގެ ދަހިވެތި ކަމުގައި ކަމަށާއި، ރައީސް ޞާލިހު ގައުމަށް ޣައްދާރުވީ ވެރިކަމުގައި ހުންނަވައިގެން ކަމަށެވެ. އަދި ރައްޔިތުންގެ ފުރިހަމަ ތާއީދާއެކު ވެރިކަމަށް ވަޑައިގެން ރައްޔިތުންނަށް އަނިޔާވެރިވެފައިވާ ކަމަށާއި، ދެން އިތުރަށް އެކަން ތަކުރާރު ކުރުމަށް ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޑރ.މުއިއްޒު އަކީ އިތުރުފުޅު ހައްދަވާ ބޭފުޅެއްކަމަށް ސިފަކޮށް ބައެއް ފަރާތްތަކުން  ވާހަކަތައް ދެއްކި ނަމަވެސް ރައީސް މުއިއްޒުއާއި އެއްވަރަށް ތެދުވެރިކަމާއިއެކު ވެރިކަން ކުރުމުގެ ނިޔަތުގައި ރައީސްކަމަށް ވަޑައިގެންނެވި އިތުރު މީހަކު ރާއްޖޭގެ ތާރީހުން ފެނިފައިނުވާކަމަށެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *