Search Streamline Icon: https://streamlinehq.com

ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވި ޣައްޒާ މުސްލިމުންގެ އަދަދު 32،623 އަށް!

Download

އިސްރާއީލުން އދ.ގެ ގަރާރުތަކާ ޚިލާފަށް ޣައްޒާގައި ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު 32.623 އަށް އަރައިފިއެވެ.

ޣައްޒާގެ ސިއްހީ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން އިޒްރޭލުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 71 މީހުން ޝަހީދުކޮށްފައިވާއިރު 112 މީހަކު ވަނީ ޒަޚަމްވެފައެވެ.

ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ ކުރިންވެސް ހަނގުރާމަ ހުއްޓާލުމަށް އދ.އާއި ދުނިޔޭގެ ގައުމުތަކުން ގޮވާލި ނަމަވެސް އިސްރާއީލުން ވަނީ އެފަދަ ވާހަކަތައް ބޮލާލައި ޖަހާފައެވެ. ކޮންމެ ދުވަހަކުވެސް ޣައްޒާއިން އެތައްބަޔަކު ދަނީ ޝަހީދުކުރަމުންނެވެ.

ރޯދަމަހުގެ ހުރުމަތަށްޓަކައި އެ މަހުގެ ބާކީ އޮތް މުއްދަތަށް ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހުން ދާދި ފަހުން ގަރާރެއް ފާސްކުރި ނަމަވެސް އިސްރާއީލު ސިފައިން ގެންދަނީ ޣައްޒާގެ އެކި ކަންކޮޅުތަކުގައި އިސްރާއީލުން ދަނީ އާންމުންނަށް އަމާޒުކުރަމުންނެވެ.

އިޒްރޭލު ސިފައިންގެ ނުރައްކާތެރި އަދި ލޭއޮހޮރުވުމުގެ ހަނގުރާމައިގެ ސަބަބުން ފަލަސްތީނުގެ 75،092 މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނެއެވެ.

ޣައްޒާގެ ނުރައްކާތެރި އަދި ހިތާމަވެރި ޙާލަތު ދެމިއޮންނާނެކަމަށް ބެލެވެނީ، އިޒްރޭލުން ދުނިޔޭގެ ނުރުހުންތަކަށް އިހުމާލުވެ، ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ސަރަޙައްދުގެ ޞިއްޙީ ނިޒާމު ފުނޑުފުނޑުވެފައިވާ މިދަނޑިވަޅުގައި އައިއޯއެފްގެ ޙަމަލާތައް ހުއްޓާލުމަށް ގޮވާލާ އދ.ގެ އެންމެ ފަހުގެ ޤަރާރު ބޭރުކޮށްލުމުންނެވެ.

ޔޫއެންއާރުޑަބްލިއުއޭ (އަންރުވާ)ގެ ޗީފް ފިލިޕް ލަޒާރިނީ މިއަދު ވިދާޅުވީ ބުރާސްފަތި ދުވަހު ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓުން އާ ފިޔަވަޅުތަކެއް އެޅުމަށް ނިންމުމުން ދައްކުވައިދެނީ ޣައްޒާގެ އިންސާނީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ މިންވަރު ކަމަށެވެ.

މި ޙާލަތަކީ އިންސާނުން އުފައްދާފައިވާ އަދި ގޯސްވަމުންދާ ޙާލަތެއްކަން ހަނދާންކުރައްވަމުން ލަޒާރިނީ ވަނީ ޣައްޒާއަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާއަށް ލުޔެއް ހޯދައިދިނުމަށް އިސްރާއީލުން ވަގުތުން ފިޔަވަޅު އެޅުމަށް ކޯޓުން ނިންމި ނިންމުމަށް އަލިއަޅުއްވާލައްވާފައެވެ.

”ޣައްޒާއަށް މިހާރުން މިހާރަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމަށް އދ.އަށް އެއްބާރުލުން ދިނުމަށް އިސްރާއީލުގެ ދައުލަތަށް މި އަމުރުގައި ގޮވާލާ،“ ލަޒާރިނީ ވިދާޅުވި އެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *