Search Streamline Icon: https://streamlinehq.com

މާރިޗް މަހު، އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ވައްކަމުގެ މައްސަލަ. ވައްކަމުގެ 321 މައްސަލައެއް ހުށަހަޅާފައިވޭ!

312813674 530975768855702 7644084466704310324 n

ނިމިދިއަ މާރޗް މަހު އެންމެ ގިނައިން ފުލުހުންނަށް ހުށައަޅާފައިވަނީ ވައްކަމުގެ މައްސަލަަތައްކަމަށާއި އެގޮތުން ވައްކަމުގެ 321 މައްސައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަމަހު ޖުމުލަ 1127 މައްސަލަ ފުލުހުންނަށް ހުށައެޅިއިރު އޭގެތެރެއިން 321 މައްސަލައަކީ ވައްކަމުގެ މައްސަލައެވެ. 2022 ވަނަ އަހަރު ނިމުނުއިރު ވައްކަމުގެ 3973 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ. އަދި 2023 ވަނަ އަހަރު ނިމުނު އިރު ވައްކަމުގެ 3818 މައްސަލަ ވަނީ ހުށަހަޅާފައެވެ.

މާރިޗް މަހުގެ ތެރޭގައި ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓް މައްސަލަތަކެވެ. އެގޮތުން ޓްރެފިކް އެކްސިޑެންޓްތަކުގެ 295 މައްސަލަ ހުށަހަޅާފައިވާއިރު މަސްތުވާތަކެތީގެ ގޮތުގައި 130 މައްސަލަ ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން މުދާ ގެއްލިގެން 90 މައްސަލައެއް ހުށައަޅާފައިވެއެވެ. މަކަރާއި ޙީލަތް ހެދުމުގެ 47 މައްސަލައަކާއި މާރާމާރި ހިންގުމުގެ 74 މައްސަލައަކާއި، އަމިއްލަ މީހުންނާއި އާންމުންގެ މުދަލަށް ގެއްލުން ދިނުމުގެ 68 މައްސަލައެއްވެސް ހުސްވިމަހު ވަނީ ހުށައަޅާފައެވެ.

ފުލުހުން ވިދާޅުވީ މިދިޔަމަހު ޖިންސީ ގޯނާ ކުރުމުގެ 25 މައްސަލައަކާއި ފޭރުމުގެ 48 މައްސަލައަކާއި ގެވެށި އަނިޔާ ކުރުމުގެ 20 މައްސަލައެއްގެ އިތުރުން ފޯޖުކުރުމުގެ 9 މައްސަލައެއް މިދިޔަމަ މަހު ހުށައަޅާފައިވަކަމަށެވެ.

ރަމަޞާންމަހު ވައްކަމުގެ މައްސަލަތައް އެންމެ ގިނައިން ފުލުހުންނަށް ހުށައަޅަނީ ހެނދުނު 9:00ގެ ފަހުންކަމަށާއި ވައްކަން އެންމެ ގިނައިން ހިނގާކަމަށް ބެލެވެނީ ރޭގަނޑު 10:00އާއި ހެނދުނު 09:00އާއި ދެމެދުކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ކުށް މަދުކުރުމަށް އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުން ކައުންސިލްތަކާ ގުޅިގެން ދަނީ ތަފާތު މަސައްކަތްތައް ކުރަމުންނެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *