Search Streamline Icon: https://streamlinehq.com

22 މިސްކިތާއި 4 މައިދާނެއްގައި ޢީދު ނަމާދު ކުރަން ނިންމައިފި

Fithuru Eid Namaadhu Bodu Jamaa aiy fenvaruonline

ބަރަކާތްތެރި ފިޠުރު ޢީދު ނަމާދު މާލެ ސަރަހައްދުގެ ހަތަރު މައިދާނަކާއި 22 މިސްކިތެއްގައި ކުރާ ގޮތަށް ހަމަޖައްސަވާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައިފި އެވެ.

ފާއިތުވި ކޮންމެ އަހަރަކުވެސް މިސްކިތްތަކުގެ އިތުރުން މައިދާންތަކާއި ހުސް ބިންތަކުގައި އަންނަނީ ޢީދު ނަމާދު ކުރަމުންނެވެ. އެގޮތުން މި އަހަރުވެސް މާލެ ސަރަހައްދުގެ 4 މައިދާނަކާއި 22 މިސްކިތްތެއްގައި ބޮޑު ޖަމާއަތުގައި ބަރަކާތްތެރި ފިޠުރު ޢީދު ނަމާދު ކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވަ އެވެ.

އިސްލާމިކް މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި މާލޭ ސިޓީގެ 16 މިސްކިތަކާއި، ވިލިމާލޭގެ މިސްކިތެއްގައި އީދު ނަމާދު ކުރާގޮތަށް ވަނީ ހަަމަޖެހިފައެވެ. މީގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ތިން މިސްކިތާއި، ދެވަނަ ފިޔަވަހީގެ 2 މިސްކިތުގައިވެސް ޢީދު ނަމާދު ކުރުމަށް ވަނީ ހަމަޖައްސަވާފަ އެވެ.

އިސްލާމިކް މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި ފިޠުރު ޢީދު ނަމާދު ކުރާނެ ތަންތަނުގެ ގޮތުގައި ހަމަޖައްަވާފައިވަނީ މާފަންނު ސްޓޭޑިއަމް އާއި، ވިލިމާލެ ފުޓްބޯޅަ ދަނޑާއި، ހުޅުމާލެ ސިންތެޓިކް ޓްރެކް ދަނޑާއި، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކްރިކެޓް ދަނޑެވެ.

މައިދާން ތަކުގައި ޢިދު ނަމާދު ކުރާގޮތަށް ހަމަޖެހިފައި ވީނަމަވެސް މޫސުން ގޯސްވެއްޖެނަމަ މައިދާން ތަކުގައި ކުރަން ހަމަޖެހިފައިވާ ބޮޑު ޖަމާއަތް ކެންސަލްކުރަން ޖެހިދާނެ ކަމަށާއި، މިފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ މާލޭގެ ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި އީދު ނަމާދު ކުރާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވަ އެވެ.

ޒަމާނުންސުރެ ރާއްޖޭގައި އާންމުކޮށް ޢީދު ނަމާދު ކުރަމުން ގެންދަވަނީ ހެނދުނު 07:30 ގައި ނަމަވެސް ސަރުކާރުން ވަނީ ޢީދުނަމާދުކުރާ ގަޑިއަށް ބަދަލު ގެންނަވާފަ އެވެ. އެގޮތުން ޢީދުނަމާދު ކުރާ ގަޑިއަށް މިގެނައި ބަދަލާއި ގުޅިގެން މި އަހަރުގެ ފިޠުރު ޢީދު ނަމާދު ކުރަންފަށާނީ ހެނދުނު 07:00 ގައި ކަމަށް ވެސްއިސްލާމިކް މިނިސްޓްރީން ވަނީ ހާމަކުރައްވާފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *