ރައީސް ޑރ. މުޙައްމަދު މުއިއްޒު އަކީ ދޮގާއި މަކަރާއި އޮޅުވާލައިގެން ކަންކަން ކުރައްވާ ބޭފުޅެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރުގެ ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މުއިއްޒަކީ އެއްވެސް ހާލެއްގައި އިހުލާސްތެރި ބޭފުޅެއް ނޫން ކަމަށާއި އެއީ ދޮގާއި މަކަރާއި އޮޅުވާލައިގެން ކަންކަން ކުރައްވާ ބޭފުޅެއްކަމަށެވެ.
ކަންމިހެން އޮތްއިރު، ކުރިއަށް އޮތް މަޖިލީހުގެ މެޖޯރިޓީ މި ސަރުކާރަށް ދީގެން ނުވާނެ ކަމަށާއި ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ދީފިނަމަ ރައީސް މުއިއްޒު ކަންކަން ކުރައްވާނީ ވަރަށް ހުދުމުހުތާރުކޮށް ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ މި ސަރުކާރަށް މަޖިލިސް މެޖޯރިޓީ ދީފި ނަމަ އެކަމުގެ ސަބަބުން ރައްޔިތުން ވަރަށް ބޮޑަށް ނިކަމެތި ވާނެ ކަމަށާއި
އޭރުން ފެނިގެން ދާނީ ހުދުމުހުތާރު ވެރިކަމެއް މި ރާއްޖޭގައި ކުރާތަން. ކަމަށެވެ.
އަދި މި ސަރުކާރަށް މެހޯރިޓީ ދީފިނަމަ މި ރާއްޖޭގައި އެއްވެ އުޅުމުގެ މިނިވަން ކަމެއް ނޮއޮންނާނެކަމަށާއި ދެ މީހަކު އެއްވެ އެއްޗެއް ބުނުމުގެ ފުރުސަތެއް ވެސް ނުލިބޭނޭކަމަށެވެ.
އާޒިމް ވިދާޅުވީ ވެރިކަމަށް އައުމަށްޓަކައި މި ސަރުކާރުން ވީ އެއްވެސް ވައުދެއް ފުއްދަމުން ނުދާތީ އާންމުން މިހާރު ތިބީ ވަރަށް ބޮޑަށް މާޔޫސް ކަމެއްގެ ތެރޭގައި ކަމަށެވެ.









