Search Streamline Icon: https://streamlinehq.com

ޕީއެންއެފްގެ ވަގުތީ ރައީސަކަށް، ރައީސް ޔާމީންގެ ދަރިކަލުން ޒެއިން

2Y3A0012 1704607550450 levn3g

ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އުފެއްދެވި ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓު(ޕީއެންއެފް)ގެ ވަގުތީ ރައީސަކަށް އެމަނިކުފާނުގެ ދޮށީ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން ހަމަޖައްސައިފިއެވެ.

ސަރުކާރުގެ ގިނަ ތުރާލާ ޖެއްސުމާ އެކުވެސް ޕީއެންއެފުންވަނީ އެ ޕާޓީގެ އިފްތިތާހީ ޖަލްސާ ބާއްވާފައެވެ.

ރޭ ރާޅުގަނޑު ސަރަހއްދުގައި އެ ޕާޓީއިން  ބޭއްވި އިފްތިތާހީ ޖަލްސާގައި ވަނީ ޕާޓީގެ ނަމާއި، ދިދަ، ނިޝާން، ސިއްކަ، ކުލަ އަދި އެޑްރެސް ފާސްކޮށްފަ އެވެ. އެއަށްފަހު ހުރިހާ މެމްބަރުންގެ އިއްތިފާގުން އަސާސީ ގަވާއިދާއި މެނިފެސްޓޯ ވެސް ވަނީ ފާސްކޮށްފައެވެ.

މި ކަންކަން ފާސްކޮށްފައި ވަނީ މެމްބަރުންގެ ފޯނުން ކިއުއާރް ކޯޑެއް ސްކޭން ކޮށްގެން ފޯނުން ހުރިހާ މައުލޫމާތެއް ފެންނަ ގޮތަށް ހަދައިގެންނެވެ.

މީގެ އިތުރުން ރޭގެ މި ޖަލްސާގައި ޕާޓީގެ އެކި މަގާމުތަކަށް ވަގުތީ ގޮތުން ބޭފުޅުން އައްޔަނުކޮށް އަދި ޕާޓީގެ ވަގުތީ ސެނެޓެއްވެސް ވަނީ އެކުލަވާލާފައިވެއެވެ.

ވަގުތީ ސެނެޓު ފާސްކޮށްފައި ވަނީ ޒެއިންގެ އިތުރުން ރައީސް ޔާމީނާއި، ޑރ. މުހައްމަދު ޖަމީލް އަދި މުހައްމަދު މަލީހު ޖަމާލު ހިމެނިވަޑައިގަންނަވާ ގޮތަށެވެ.

ޕީއެންއެފްގެ ވަގުތީ މަޤާމުތަކަށް އައްޔަން ކުރި ތަރުތީބުގައި ހިމެނެނީ، ވަގުތީ ރައީސް އަކަށް ޒެއިން ޔާމީން، ސެކެރެޓްރީ ޖެނެރަލްގެ މަޤާމަށް  މުހައްމަދު މަލީހު ޖަމާލް އަދި ޓްރެޝަރާ އަކަށް އަހުމަދު މުސްތަފާ މުހައްމަދު އަދި ރަޖިސްޓްރާ އަކަށް އަލީ ޝިޔާން ރަޝީދުއެވެ.

މި ޖަލްސާގައި ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *