Search Streamline Icon: https://streamlinehq.com

ފަހުގެ

ޒަކާތު ހައުސް މެދުވެރިކޮށް ޔަތީމު ކުދިންނަށް މާލީ އެހީ ދެނީ!

20240411

ޒަކާތު ހައުސް މެދުވެރިކޮށް ޔަތީމު ކުދިންނަށް މާލީ އެހީ ލިބޭނެ ނިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިއަދު ’އެކްސް‘ ގައި ކުރެއްވި ޕޯސްޓެއްގައި އިސްލާމިކް މިނިސްޓަރު ޑރ ޝަހީމް އަލީ ސައީދު ވިދާޅުވީ އެ ނިޒާމުގެ ދަށުން ޔަތީމު ކުދިން ބޮޑު ވަންދެން ކޮންމެ އަހަރަކު ޒަކާތް ހައުސް މެދުވެރިކޮށް އެކުދިންނަށް ބޭނުންވާ އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.

“ޒަކާތު ހައުސް“ އަކީ އިސްލާމީ ޝަރީއަތުގެ އަލީގައި، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ގާއިމްކުރެވޭ ޒަކާތާއި ސަދަގާތުގެ އަދުލުވެރި އަދި ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން، ޒަކާތް ނެގުމާއި އޭގެ ބެހެނިވެރިންނަށް ފޯރުކޮށްދިނުމާއި ފުދުންތެރި މުޖުތަމައެއް ބިނާކުރުމުގެ ދަށުން ރައީސް ނުއިއްޒުގެ މެނިފެސްޓޯގެ ދަށުން  އެކުލަވާލެވިފައިވާ އިދާރާއެކެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި