Search Streamline Icon: https://streamlinehq.com

މި ސަރުކާރާއި ހިޔާލު ތަފާތުވާ ބަޔަކު މަޖިލީހުގައި ތިބެގެން ތަރައްގީގެ މަސައްކަތްތައް ނުކުރެވޭނެ: ރައީސް

Photo1712941132 850x548

މިހާރު މިއޮތް ސަރުކާރާއި ޚިޔާލު ތަފާތުވާ ބަަޔަކު ރަންޔިތުންގެ މަޖިލީހުގައި ތިބެގެން ތަރައްޤީގެ މަސައްކަތްތައް ނުކުރެވޭނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ރޭ އައްޑޫގައި ކުރިއަށްދިޔަ ޕީޕީއެމް/ޕީއެންސީ ޖަލްސާގައި ސަޕޯޓަރުންނާއި ވާހަކަފުޅު ދައްކަވަމުންނެވެ. ރޭގެ މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖުގެ އަމަލީ މަސައްކަތް ކުރިއަށްއޮތް ދެ މަސްދުވަހުގެ ތެރޭގައި ފަށާނެ ކަމަށާއި، ނަމަވެސް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބު މި ސަރުކާރަށް ކާމިޔާބު ނުކުރެވިއްޖެ ނަމަ މި މަޝްރޫއު ހުއްޓިދާނޭކަމަށެވެ.

ރައީސް ވިދާޅުވީ މި ސަރުކާރާއި ހިޔާލު ތަފާތުވާ ބަޔަކު މަޖިލީހުގައި ތިބެގެން ތަރައްގީގެ މަސައްކަތްތައް ނުކުރެވޭނެ ކަމަށާއި ގެދޮރުވެރިކަމާއި، ފުދުންތެރިކަމާއި، ސިއްހީ ނިޒާމާއި މީގެ އިތުރުން ވެސް މެނިފެސްޓޯގައި ހުރި ތަރައްގީގެ މަސައްކަތްތައް ކުރުމަށް މަޖިލިސް ބޭނުންވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ބްރިޖްގެ މަސައްކަތް ފެށިފައިވާ ކަމަށާއި، އެތަނުގެ މަސައްކަތް މިސްރުގެ ދަ އަރަބް ކޮންޓްރެކްޓާސް ކުންފުންޏާއި ހަވާލުކުރެވި، ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެގޮތުން، އެ ކަނޑު އަޑީގެ ސާވޭތައް ނިިމިފައިވާ ކަމަށެވެ. އަދި ޑިޒައިނިންގްގެ ތިންބައި ކޮށްފައި އެއްބައި މަސައްކަތް ނިމިފައިވާކަން ފާހަގަކުރިއެވެ. މި މަސައްކަތް ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ނިންމައި، މި އަހަރު ނިމުމުގެ ކުރިން ބްރިޖުގެ އަމަލީ މަސައްކަތް ފެށިގެންދާނެއެވެ.

ރައީސް ވިދާޅުވީ މިހާރު ފެށިފައިވާ މަސައްކަތުގެ ފުރަތަމަ މަރުހަލާ ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ނިމި، މި އަހަރު، 2024 ނިމުމުގެ ކުރިން އަމަލީ މަސައްކަތް ފެށިގެންދާނެކަމަށެވެ.

މީގެއިތުރުން، މި ދައުރު ނިމުމުގެ ކުރިން ބްރިޖުގެ މަސައްކަތް ނިންމަން ބޭނުންވާކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް އެހެން ބޭނުންވީ ނަމަވެސް، މިދިޔަ ހަތަރު މަހު މަޖިލީހުން މަސައްކަތްތައް ހުއްޓުވި ފަދައިން ބްރިޖުގެ މަސައްކަތް ކުރިޔަ ނުދީ ހުއްޓުވިދާނެކަމަށް ވިދާޅުވިއެވެ. އަދި އެބާރު އޮތީ ރައްޔިތުންގެ އަތުގައި ކަމަށާއި، އެ ފުރުސަތު ނުދެއްވުމަށް ރައީސް ގޮވާލެއްވިއެވެ.

 

 

ހިތަދޫ އާއި ހުޅުމީދޫ ދެމެދު ގާއިމްކުރާ ބްރިޖުގެ މަސައްކަތް ނިމުމުން އެތަން ވެގެންދާނީ ތަރައްގީގެ ފާލަކަށްކަން ރައީސް ފާހަގަކުރެއްވިއެވެ. ބްރިޖާއެކު ސިޓީ ތަރައްގީ ވާނެ ކަމަށާއި، އޭގެ ސަބަބުން އިގްތިސާދީ ފައިދާ މުޅި ސިޓީއަށް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ޓޫރިޒަމާއި އެއާޕޯޓް ޑިވެލޮޕްމެންޓް ވެސް ވަނީ ބްރިޖާއި ގުޅި ލާމެހިފައިކަން ފާހަގަކުރެއްވިއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *