Search Streamline Icon: https://streamlinehq.com

ނިމިދިއަ ސަރުކާރުން ވަނީ ފެނަކަ ކޯޕަރޭޝަން ހަތަރު ބިލިއަނުން ދަރުވާލާފަ: އަދުރޭ

Unknown 2 850x548

ނިމިދިއަ އެމްޑީޕީ ސަރުކާރުން، އޮތީ ފެނަކަ ކޯޕަރޭޝަން ހަތަރު ބިލިއަން ރުފިޔާއިން ދަރުވާލާފައިކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްމުޝީރު އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި ރޭ ބޭއްވި ކެމްޕެއިނު ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅަކަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ އެ ބޭފުޅުން ހޯދި ފައިސާއެއް ވިއްޔާ ދިޔައީ ހިފައިގެން ކަން ސަރުކާރާ ހަވާލުވެ ބަލާލުމުން އެނގިގެން ދިޔަ ކަމަށެވެ.

އަދި އެގޮތުން ފެނަކަ ކޯޕަރޭޝަނަށް އެކަނި ބަލާލުމުންވެސް އެކަން ވަރަށް ރަނގަޅަށް އެނގިގެންދާކަމަށާއި ފެނަކަ ކޯޕަރޭޝަން އެކަނިވެސް ހަތަރު ބިލިއަން ރުފިޔާއން ދަރުވާލާފައިވާކަމަށް އަބްދުއްރަހީމް އަބްދުالله ވިދާޅުވިއެވެ.

އަބްދުއްރަހީމް އަބްދުالله ވިދާޅުވީ ވެރިކަން ދޫކޮށްލާފައި ދިޔައިރު، ފެނަކަ ކޯޕަރޭޝަން އެކަނި ހަތަރު ބިލިއަނުން ދަރުވާލާފައި އޮތްއިރު، ދިވެހި ދައުލަތް އޮތީ ދިވެހި ރައްޔިތުންނަށް 9,000 މިލިއަން ރުފިޔާއިން ދަރައިފައިކަމަށެވެ.

އަބްދުއްރަހީމް އަބްދުالله ވިދާޅުވީ ނިމިދިޔަ ސަރުކާރުން ވަނީ ދިވެހިރާއްޖޭގެ 4000 އަހަރުވީ ތާރީހުގައި ވެސް ނުވާ ވަރުގެ ދަރަނި ފަސް އަހަރުން ގައުމު ދަރަނިކޮށްލާފައިވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މިކަންކަމަށް ޒިންމާވާ ފަރާތްތަކަށް އަދަބު ދޭންޖެހޭކަމަށާއި އެފަރާތްތްކަށް އަދަބު ދިނުމަކީ ސިޔާސީ ބަދަލު ހިފުން ނޫން ކަމަށެވެ. އަދި އެއީ ގާނޫނުތަކާ ގަވައިދުތަކާ އެއްގޮތަށް ތަބާވުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ގާނޫނުގައި ބުނީ ވައްކަން ކުރުމުން އެ މައްސަލަ ބަލަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި ފިޔަވަޅު ނާޅާނަމަ, މިނިވަން މުވައްސަސާތަކުގެ ބޭނުމެއް ނެތް ކަމަށް އަބްދުއްރަހީމް ސިފަ ކުރެއްވިއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *