Search Streamline Icon: https://streamlinehq.com

މަޖިލީހުގެ އިންތިހާބުގައި ވޯޓްލުން ކުރިއަށް ދާނީ ހެނދުނު 8:30 އިން ހަވީރު 5:30 އާ ހަމައަށް

GLSAg2cagAAGt m

މި މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓްލާ ވަގުތު ހަވީރު 5:30 އާ ހަމައަށް އިތުރުކުރުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އީސީ އިން ބުނީ މި ނިންމުން ނިންމީ މަޖިލިސް އިންތިހާބާ ގުޅޭ ކަންކަމަށް ލަފާދޭ ކޮމިޓީގެ މަޝްވަރާގެ މަތިންކަމަށެވެ.

އަދި މަޖިލިސް އިންތިހާބާ ގުޅޭ ކަންކަމަށް ލަފާދޭ ކޮމިޓީން އާދިއްތަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 5:30 އަށް ވޯޓުލުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ ދެކަމަކަށް ބެލުމަށްފަހުގައި ކަމަށާއި އެއީ، މިހާރު މޫސުން އޮތް ގޮތަށް ބަލާއިރު ވޯޓުލާ ދުވަހު ބޯކޮށް ވާރޭވެހިއްޖެ ނަމަ ވޯޓުލާން ދާ މީހުން މަދުވެދާނެތީ އާއި އެ ދުވަހު ވަރަށް ހޫނުގަދަވެއްޖެ ނަމަ، މެންދުރު ވަގުތު ވޯޓުލާން ކިއުގައި ޖެހޭ މީހުން މަދުވެދާނެ ކަމަށް ބަލައިފައި ކަމަށް އެ ކޮމިޝަނުގެ މެމްބަރު ހަސަން ވިދާޅުވިއެވެ.

 ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 42 އަންހެނުންނާއި އަދި 326 ފިރިހެނުން ހިމެނޭހެން ޖުމްލަ 368 ކެންޑިޑޭޓަކު ވާދަކުރެއެވެ.

މިފަހަރުގެ މަޖިލިސް އިންތިޚާބުގައި ވޯޓު ލެވޭ މީހުންގެ އަދަދު 284،887 އަށް އަރާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *