Search Streamline Icon: https://streamlinehq.com

އިންތިޚާބުން ރައްޔިތުން ދިން މެސެޖަކީ ވާހަކަ ނުދައްކާ އަމަލުން ކަންކުރަން ބޭނުންވާކަން: ރައީސް

Big I1YLADjcPBSJvxJGtVoa40gNb

ނިމިގެން ދިއަ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުން ރައްޔިތުން ދިން މެސެޖަކީ ވާހަކަ ނުދައްކާ އަމަލުން ކަންކުރަން ބޭނުންވާކަންކަމަށާއި އެހެންކަމުން ދެން ފެންނާނީ އަމަލުން ޤައުމު ތަރައްޤީކުރާ މަންޒަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވެގެން ރޭ ބޭއްވި އުފާފައުޅު ކުރުމުގެ ޙަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ނިމިގެން ދިއަ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުން ރައްޔިތުން ދިން މެސެޖަކީ ވާހަކަ ނުދައްކާ އަމަލުން ކަންކުރަން ބޭނުންވާކަންކަމަށާއި އެހެންކަމުން ދެން ފެންނާނީ އަމަލުން ޤައުމު ތަރައްޤީކުރާ މަންޒަރުކަމަށެވެ. އަދި މިއީ ރައްޔިތުން ފަޚުރުވެރިވާ އަދި އުފާވެރި ޤައުމެއްގެ ގޮތުގައި ފެންނާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންތިޚާބުން ޔަޤީންވެގެން މިދިޔައީ ޤައުމު ނުބައި މިސްރާބަކުން ދަނިކޮށް ރަނގަޅު، ހެޔޮ މިސްރާބަށް ރައްޔިތުންގެ ބުރަ މަސައްމަތުން ރިޔާސީ އިންތިޚާބުގައި ގެނެސް، އެ މަސައްކަތް ބޭކާރުވިޔަ ނުދިނުމަށްޓަކައި ބޭނުންވާ މިންވަރުކަމަށާއި މިޤައުމު މާތްވެގެންވާ އިސްލާމްދީނުގެ މަތީ ކުރިއަށްގޮސް އިސްލާމީ ޝިއާރުގެ މަތިވެރިކުރާ ޤައުމެއްގެ ގޮތުގައި އޮތުމަށް ބޭނުންވާ މިންވަރުވެސް ފެނިވަޑައިގެންނެވިކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ޤައުމުގެ ކުރިމަގު ފެނިވަޑައިގަންނަވަނީ ވަރަށް އުޖާލާކޮށްކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ޤައުމުގެ މިނިވަންކަން ޔަޤީންވެފައި އޮތުމަށާއި، ރައްޔިތުން ބޭނުންވާ ތަރައްޤީ ބާރު ދުވެލީގައި ހޯދުމަށް ބޭޏުންވާ މިންވަރު ރައްޔިތުން ސާބިތުކޮށްދެއްވައިފިކަމަށެވެ.

ރައީސް ވިދާޅުވީ ދެން އޮތީ މަސައްކަތުގެ ދުވެލި އަވަސްކުރުންކަމަށާއި މި ވޭތުވެދިޔަ 5 މަސް ދުވަހުގެ ތެރޭގައި ވަރަށް ދަތި އުނދަގުލުގެ ތެރޭގައި ނަމަވެސް އަޅުގަނޑުމެންނަށް ކޮންމެވެސްވަރަކަށް ނަތީޖާ ނެރެވުނުކަމަށެވެ. އަދި ދެން އޮތީ ރައްޔިތުން ތިޔަ ދެއްވި އިތުބާރާ ދެއްވި ތާޢީދުގެ މައްޗަށް މި ފަސް މަހުގެތެރޭގައި ކުރެވުނު މަސައްކަތަށްވުރެ އެތައް ގުނައަކުން މައްޗަށް ސްޕީޑް އަވަސްކޮށް ރައްޔިތުން އެދޭ ތަރައްޤީ ގެނައުމުގެ މަސައްކަތް ފެށުންކަމަށާއި އިރާދަކުރެއްވިއްޔާ ދެން ފެށޭނީ މިޤައުމު ތަރައްޤީވާންކަމަށް ރައީސް ވިދާޅުވިއެވެ.

”ދެން އޮތީ މަސައްކަތްކުރުން. މަސައްކަތުގެ ދުވެލި އަވަސްކުރުން. މި ވޭތުވެދިޔަ 5 މަސް ދުވަހުގެ ތެރޭގައި ވަރަށް ދަތި އުނދަގުލުގެ ތެރޭގައި ނަމަވެސް އަޅުގަނޑުމެންނަށް ކޮންމެވެސްވަރަކަށް ނަތީޖާ ނެރެވުނު. ދެން އޮތީ ރައްޔިތުން ތިޔަ ދެއްވި އިތުބާރާ ދެއްވި ތާޢީދުގެ މައްޗަށް މި ފަސް މަހުގެތެރޭގައި ކުރެވުނު މަސައްކަތަށްވުރެ އެތައް ގުނައަކުން މައްޗަށް ސްޕީޑް އަވަސްކޮށް ރައްޔިތުން އެދޭ ތަރައްޤީ ގެނައުމުގެ މަސައްކަތް ފެށުން. އިރާދަކުރެއްވިއްޔާ ދެން ފެށޭނީ މިޤައުމު ތަރައްޤީވާން.“ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *