ރާއްޖޭގެ އެންމެ ދެކުނަށް. ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީއަށް ޔެލޯ އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އަށް މީގެކުރިން ވައިޓް އެލާޓް ނެރުނުއިރު، އެ ސަރަހައްދަށް ޔެލޯ އެލާޓް މިހާރު ނެރެފައިވަނީ މިރޭ 12:30 އާއި ހަމައަށެވެ.
މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސް ދުވަސްވަރެކެވެ.









