Search Streamline Icon: https://streamlinehq.com

އިންޑިއާގެ ހަވާދުގެ އުފެއްދުމެއް ކަމަށްވާ ”އެވްރެސްޓް“ އަދި ”އެމްޑީއެޗް“ ބްރޭންޑްގެ ހަވާދު ބޭނުން ނުކުރަން އަންގައިފި

Hong Kong Bans Popular Indian Spices MDH Everest 1 e1713872623657

އިންޑިއާގެ ހަވާދުގެ އުފެއްދުމެއް ކަމަށްވާ ”އެވްރެސްޓް“ އަދި ”އެމްޑީއެޗް“ ބްރޭންޑްގެ ހަވާދު ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން މިއަދު އަންގައިފިއެވެ.

އެމް.އެފެ.ޑީ.އޭ އިން ނެރުނު ނޫސް ބަޔާނެއްގައި އަންގާފައިވަނީ މި ދެ ބްރޭންޑުގެ ބައެއް ބާވަތްތަކުގެ ހަވާދުގައި ”އެތަލިން އޮކްސައިޑް“ ހުރެ ކަމަށް ބުނެ ސިންގަޕޫރުގެ ފުޑް އޭޖެންސީ އާއި ހޮންކޮކްގެ ސެންޓަ ފޯ ފުޑް ސޭފްޓީ އިން އެ އުފެއްދުންތައް ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފައިވާ ކަމަށް ބުނެފައިވާކަމަށެވެ.

މި އުފެއްދުންތައް ބާޒާރުން ނެގުމަށް މި އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އެތަލިން އޮކްސައިޑް އަކީ އޭގައި ފޮނި ވަހެއް ހުންނަ، އަލިފާން ހިފާ ޒާތުގެ ގޭހެކެވެ.

ބޭނުން ނުކުރުމަށް އަންގާފައިވާ ހަވާދުގެ ބްރޭންޑްތަކަކީ:

  •  އެމްޑީއެޗްގެ މެޑްރާސް ކަރީ ޕައުޑާ (ސްޕައިސް ބްލެންޑް ފޯ މެޑްރާސް) – މުއްދަތު ހަމަވަނީ އޮގަސްޓް 2024 އަށް
  • އެވަރެސްޓްގެ ފިޝް ކަރީ މަސާލާ – މުއްދަތު ހަމަވަނީ ސެޕްޓެންބަރު 2025 އަށް
  • އެމްޑީއެޗްގެ ސާމްބާ މަސާލާ މިކްސްޑް މަސާލާ ޕައުޑާ – މުއްދަތު ހަމަވަނީ ސެޕްޓެންބަރު 2024 އަށް
  • އެމްޑީއެޗްގެ ކަރީ ޕައުޑާ މިކްސް މަސާލާ ޕައުޑާ – މުއްދަތު ހަމަވަނީ ސެޕްޓެންބަރު 2024 އަށް

މީގެ އިތުރުން މި އިދާރާއިން ވަނީ މި ބްރޭންޑްގެ ބާވަތްތައް އެތެރެކުރާ ފަރާތްތައް ހޯދަމުންދާކަމަށް ބުނެފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ބްރޭންޑްތަކުގެ ހަވާދު ރާއްޖެއަށް އެތެރެ ނުކުރުމަށާއި، ނުވިއްކުމަށް އަދި ބޭނުން ވެސް ނުކުރުމަށް އަންގާފައި ވެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *