Search Streamline Icon: https://streamlinehq.com

ހުރިހާ ފަންތިތަކާއި ގިންތިތަކެއްގައި ވެސް މަސައްކަތްކުރާ މުވައްޒަފުންނަަށް އުޖޫރައިގެ ކުރިއެރުމާއި، ހަމަހަމަކަން ގާއިމުކޮށްދިނުމަށް ސީއެސްސީން ސަރުކާރަށް އިލްތިމާސްކޮށްފި

Big fMxkltuU5l7FQQtbpynh0EdXE

އުޖޫރައިގެ ހަމަހަމަކަން ގާއިމުނުވެ ހޭދަވާ ކޮންމެ ދުވަަހަކީ ސިވިލް ސާވިސްގެ ދާއިރާތަކަށް ގާބިލު މީހުން ލިބުމުގެ ދަތިކަން ތަހަންމަލުކުރަންޖެހޭކަމަށާއި އެހެން ކަމުން ހުރިހާ ފަންތިތަކާއި ގިންތިތަކެއްގައި ވެސް މަސައްކަތްކުރާ މުވައްޒަފުންނަަށް އުޖޫރައިގެ ކުރިއެރުން ލިބިދިނުމާއި އުޖޫރައިގެ ހަމަހަމަކަން ގާއިމުކުރުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ނިންމަވައިދެއްވުމަށް ސަރުކާރަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިލްތިމާސްކޮށްފިއެވެ.

ދިވެހި ސިވިލް ސާވިސް ދުވަހުގެ މުނާސަބަތުގައި އެ ކޮމިޝަންގެ ރައީސް ނެރުއްވި ބަޔާނެއްގައި ވަނީ އުޖޫރައިގެ ހަމަހަމަކަން ނެތުމުގެ ކަންބޮޑުވުން ފާޅުކުރައްވައިއެކަމުގެ ހުރި ދަތިތަކާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން އުޖޫރައިގެ ހަމަހަމަކަން ގާއިމުނުވެ ހޭދަވާ ކޮންމެ ދުވަަހަކީ ސިވިލް ސާވިސްގެ ދާއިރާތަކަށް ގާބިލު މީހުން ލިބުމުގެ ދަތިކަން ތަހަންމަލުކުރަންޖެހޭކަމަށާއި އެހެން ކަމުން ހުރިހާ ފަންތިތަކާއި ގިންތިތަކެއްގައި ވެސް މަސައްކަތްކުރާ މުވައްޒަފުންނަަށް އުޖޫރައިގެ ކުރިއެރުން ލިބިދިނުމާއި އުޖޫރައިގެ ހަމަހަމަކަން ގާއިމުކުރުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ނިންމަވައިދެއްވުމަށް ސަރުކާރުގައި އެދިފައިވެއެވެ.

އޭނާ ވިދާޅުވީ, ސިވިލް ސާވިސްގެ ގިނަ ދާއިރާތަކެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަދިވެސް މުސާރަ ބޮޑު ނުވާ ކަމަށެވެ. އެގޮތަށް, އުޖޫރައިގެ ހަމަހަމަކަން ޤާއިމު ނުވާތީ، ސިވިލް ސާވިސްގެ ދާއިރާތަކަށް ޤާބިލު މީހުން ލިބުމުގައި ދަތިތަކެއް ތަހައްމަލުކުރަންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި، މިހާރު ވެސް ވަޒީފާގައި ތިބި މުވައްޒަފުންނަށް އެކަމުގެ ސަބަބުން މާޔޫސްކަމާއި ކުރިމަތިލާން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

”އުޖޫރައިގެ ހަމަހަމަކަން ގާއިމުނުވެ ހޭދަވާ ކޮންމެ ދުވަަހަކީ ސިވިލް ސާވިސްގެ ދާއިރާތަކަށް ގާބިލު މީހުން ލިބުމުގެ ދަތިކަން ތަހަންމަލުކުރަންޖެހޭ އަދި ޚިދުމަތުގައި މިހާރު ވެސް ދެމިތިބި މި ފަދަ މުވައްޒަފުންނަށް ނުތަނަވަސްކަމާއި މާޔޫސްކަމާ ކުރިމަތިލާން ޖެހިފައިވާ ދުވަހެއްކަން ފާހަގަކުރަން،“ އޭނާ ވިދާޅުވިއެވެ.

ނާސިޙް ވަނީ ހުރިހާ ފަންތިތަކާއި ގިންތިތަކެއްގައި ވެސް މަސައްކަތްކުރާ މުވައްޒަފުންނަަށް އުޖޫރައިގެ ކުރިއެރުން ލިބިދިނުމާއި އުޖޫރައިގެ ހަމަހަމަކަން ގާއިމުކުރުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ނިންމަވައިދެއްވުމަށް ސަރުކާރަށް އިލްތިމާސްކޮށްފައެވެ.

ބައެއް ދާއިރާތަކަށް މުސާރަ ބޮޑުނުވި ނަމަވެސް ތައުލީމީ ދާއިރާއާއި ސިއްޚީ ދާއިރާއަށް މުސާރަ ބޮޑުވެފައިވާކަން އޭނާގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. އަދި، ސިވިލް ސާވިސްއަކީ ދިވެހި މަސައްކަތްތެރިންގެ ބޮޑު ބައެއް ހިއްސާކުރާ މުއައްސަސާއެއްކަން ވެސް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

އޭނާ ވިދާޅުވީ ސިވިލް ސާވިސްއަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއްކޮށް ރައްޔިތުންނަށް ޚިދުމަތްކުރަން އޮތް މުއައްސަސާއެއް ކަމަށެވެ. އެގޮތުން ރައްޔިތުން ބަލައިގަންނާނެ ފަދަ ގޮތަކަށް ޚިދުމަތްދީ، ދެފުށް ފެންނަ ގޮތަށް މައްސަލަ ހައްލުކުރުމަކީ މުހިއްމު ކަމެއްކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *