ޔަހޫދީ ފައުޖުތަކުން ފަލަސްތީނުގައި ހިންގަމުން ގެންދާ ގަތަުލުއާންމަށް ނިމުމެއް ނެތްއިރު، މިކަމާއި މެދު ކަންތައް ކުރެވެން އޮތް އެންމެ ރަނގަޅު ގޮތަކަށް ކަން ކުރެއްވުމަށް އެބަ ވިސްނާކަމަށާއި އެއީ ފަލަސްތީނުގެ ރައްޔިތުން ރެފިއުޖީންގެ ގޮތުގައި އެމެރިކާއަށް ނެގައުމުގެ ވިސްނުންކަމަށް ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.
ސީބީއެސް ނިއުސްއިން ބުނެފައިވާ ގޮތުގައި އެމެރިކާގެ ރައީސް ބައިޑަންގެ ސަރުކާރުން މިހާރު އެންމެ ބޮޑު ވިސްނުމެއް ގެންގުޅޭނީ ދާއިމީ ހަމަޖެހިމާއި ރައްކާތެރިކަން ދިނުމުގެ ނަމުގައި ފަލަސްތީނުގެ ރައްޔިތުންނަށް ރެފިއުޖީންގެ ގޮތުގައި އެމެރިކާއަށް ގެނައުމަށެވެ. އެގޮތުން އެކަމަށް ތައްޔާރުކުރަން ޖެހޭ ލިޔެކިޔުންތައް ވެސް ބައިޑެންގެ ސަރުކާރުން މިހާރު ތައްޔާރުކޮށް މަޝްވަރާކުރަމުން އަންނަކަމަށް ރިޕޯޓުގައި ވެއެވެ.
ސީބީއެސް އިން ރިޕޯޓުކޮސްފައިވާ ގޮތުގައި މިއީ ބައިޑެންގެ ހީލަތްތެރި ރޭވުމެކެވެ. ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ އަމިއްތަ ވަޒަނުން ބާލާ އިސްރާއީލަށް ފަލަސްތީނުގެ ބިން ދިނުމަށް އެމެރިކާއިން ރާވާ ރޭވުމެއް ކަމަށް ރި÷ޯތުގައިވެއެވެ.
އެމެރިކާގެ ރައީސް ބައިޑެން އަކީ ފަލ؛ަސްތީނުގައި ޔަހޫދީން މިހާރު ހިންގަމުން ގެންދާ ގަތުލުއާންމުގެ އެންމެ އިސް ދައުރެއް އަދާކުރާ ފަރާތެވެ.









