Search Streamline Icon: https://streamlinehq.com

މަސްވެރިކަމާބެހޭ ކޮލެޖު ޤާއިމްކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި: ޑރ. ޢައިޝަތު ޝެހެނާޒް

Big UBWg6bVgfJjQHvYv5lZ4VrZWE

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މަސްވެރިކަމާ ބެހޭ ކޮލެޖު ޤާއިމްކޮށް، އެ ކޮލެޖުގައި ހިމެނޭ ކޯސްތަކުގެ ކިޔެވުން މިއަހަރުގެ އޮގަސްޓުމަހު ފެށޭނެކަމަށާއި މަސްވެރިކަމާބެހޭ ކޮލެޖު ޤާއިމްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ޗާންސެލަރ ޑރ. ޝެހެނާޒް ވިދާޅުވިއެވެ.

ޤައުމީ ޔުނިވަރސިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވައިސް ޗާންސެލަރ ޑރ. ޢައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ މަސްވެރިކަމާބެހޭ ކޮލެޖު ޤާއިމްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި މި ކޮލެޖު ޤާއިމްކުރާނީ މާލޭގައިކަމަށެވެ. އަދި މި ކޮލެޖުގެ ކިޔެވުން ފަށާއިރު މަސްވެރިކަމާ ބެހޭ ކުދި ކޯސްތައް ކިޔަވައިދިނިމުގެ އިތުރުން ޔުނިވަރސިޓީގައި މިހާރުވެސް ކިޔަވައިދޭ މަސްވެރިކަމުގެ ކޯސްތައް ކޮލެޖުން ކިޔަވައިދޭނެކަމަށެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ކޮލެޖެއް ޤާއިމުކުރެއްވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިއުލާނު ކުރެއްވީ މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު ބޭއްވި ރަސްމީ ޖަލްސާގައެވެ.

ޑރ. ޝެހެނާޒް ވިދާޅުވީ މުޅިން އަލަށް ދަނޑުވެރިކަމާބެހޭ ކޯސްތަކެއް ފެށުމަށްވެސް ޔުނިވަރސިޓީން ދަނީ ތައްޔާރުވަމުންކަމަށެވެ. އަދި ކޯސްތައް އެކްރެޑިޓް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި މި ކޯސްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ބިން ބޮޑު ރަށެއްގައިކަމަށްވެސް ޑރ. ޝެހެނާޒް ވިދާޅުވިއެވެ.

”ދަނޑުވެރިކަމާ ބެހޭ ކޯސްތައް ފަރުމާކުރުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައި. އެ ކޯސްތައް ހިންގުމަށް ޔުނިވަރސިޓީގެ ކޮމިޓީ އޮން ކޯސަސްއިން ހުއްދަ ދިނުމާއެކީގައި އެމްކިޔުއޭގެ ހުއްދައަށް އަޅުގަނޑުމެން އެދޭނަން.“ ޑރ. ޝެހެނާޒް ވިދާޅުވިއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *