Search Streamline Icon: https://streamlinehq.com

ޤަވައިދާ ޚިލާފަށް ވިޔަފާރި ހިންގާ ބިދޭސީން ހޯދާ ޑީޕޯޓް ކޮށްލަނީ

Imigration controller
Advertisement

ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދާ ފިޔަވަޅުއެޅުމަށް މޯލްޑިވްސް އިމިގްރޭޝަނާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ކުރިޔަށް ގެންދާ އޮޕްރޭޝަންގައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީން ޑީޕޯޓް ކޮށްލުމުގެ މަސައްކަތް ކުރިޔަށްދާކަމަށް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

ފުލުހުން ހިންގި އޮޕްރޭޝަނެއްގައި ލޯކަލް މާރުކޭޓާއި މާލެތެރޭގައި ހިންގާ އެހެން މާރުކޭޓުތައް އަދި މާލޭގެ އެކި ސަރަހައްދުތަކުގައި ހިންގި އެ އޮޕަރޭޝަނުން ފާހަގަވި، ގަވާއިދާ ހިލާފަށް ފިޔަފާރިކުރާ 50 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށްވަނީ ގެނެސްފައެވެ.

ފުލުހުން ވިދާޅުވީ އިއްޔެގެ އޮޕްރޭޝަންގައި އަތުލައިގެން 50 ބިދޭސީން އިމިގްރޭޝަންއާއި ހަވާލުކޮށްފައިވާކަމަށެވެ.

އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްއާން  ރޭ ވިދާޅުވީ އެ 50 މީހުންގެ ތެރޭގައި ސައްހަ ހުއްދައެއް ނެތި އަދި ހުއްދަ ދޫކޮށްފައިވާ މަސައްކަތުގެ ބޭރުން އަމިއްލަ އަށް ވިޔަފާރި ހިންގާ މީހުން ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެފަރާތްތައް އުސޫލުގެ ތެރެއިން ރާއްޖެއިން ޑީޕޯޓްކޮށް ، ފޮނުވާލާނެކަމަށެވެ.

 ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ރާއްޖޭގައި ޙައްލުކުރުމަށް ބޭނުންވެފައިވާ ބޮޑު މައްސަލައެެކެވެ. ރާއްޖެއަށް އެތެރެވާ ބިދޭސީންގެ ތަފާސްހިސާބުތަަކަށްބަލާއިރު 60 ހާހަށްވުރެ ގިނަ ބިދޭސީން އުޅެމުންދަނީ ޤަވައިދާ ޚިލާފަށެވެ.

Advertisement

 މިމައްސަލައަށް ޙައްލު ގެނައުމަށް އެތައް އުސޫލުތަކެއް ހެދިފައިވީނަމަވެސް މިހާތަނަކަށް އެއްވެސް އުސޫލެއް ތަންފީޒުވާތަނެއް ނުފެނެއެވެ. މިގޮތުން ފުިހާރަތަކުގެ ސޭޓުނަށް ، ބިދޭސީން ތިބުމަކީވެސް މަނާކޮށްފައިވާކަމެއް ނަމަވެސް އަދިވެސް ގިނަ ފިހާރަތަކުގެ ސޭޓުންނަށް ތިބެނީ ބިދޭސީންނެވެ.

ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ޙައްލެއް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެކެވެ.

 

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *