Search Streamline Icon: https://streamlinehq.com

ފަލަސްތީނު ނެތިކުރަމުންދާއިރުވެސް އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާކަމަށް ދައުވާކުރާ އެންމެން ތިބީ ހަނު: ޚުތުބާ

Capture

ފަލަސްތީނުގެ މުޤައްދިސް ބިން ހިފުމަށްޓަކައި ފަލަސްތީނުގައި ޔަހޫދީން ޤަތުލުއާންމު ހިންގަމުންދާއިރުވެސް އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާކަމަށް ދައުވާކުރާ އެންމެން ހަނު ތިބި ކަމަށް ޚުތުބާގައި ވިދާޅުވެއްޖެއެވެ.

ޚުތުބާގައި ވިދާޅުވީ ފަލަސްޠީނުގެ މައްސަލައަކީ މުސްލިމުންގެ ޢަޤީދާއާއި މުޅި އިސްލާމީ އުންމަތުގެ ވިންދާ ގުޅިފައިވާ މައްސަލައެއް ކަމަށާއި ބަޔަކު ކިތަންމެ ވަރަކަށް އޮޅުވައިލާން އުޅުނަސް، ފަލަސްޠީނުގެ ބިމާ، މުސްލިމުންނާ ގުޅިފައިވާ މިންވަރު، އޮޅުވައެއް ނުލެވޭނެ ކަމަށެވެ. އަދި މިއަނިޔާވެރި އަމަލުތަކާއި ދެކޮޅަށް އަޑުއުފުލާނެ ކަމަށް ވަކާލާތުކުރާ ފަރާތްތަކުން އެއްވެސް ފިޔަވަޅެއް ނާޅައި ހަނު ތިބި ކަމަށް ވަނީ ވިދާޅުވެފައެވެ.

”މި ހަފުތާއާ ހަމައަށް ސާޅީސް ހާހަށްވުރެ ގިނަ މުސްލިމުން ޣައްޒާގައި ޝަހީދުކޮށްލައިފައިވާއިރު، މިއަދު އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާކަމަށް ދައުވާކުރާ އެންމެން ވަނީ އެ އަނިޔާވެރިކަމުގެ ކުރިމަތީގައި ހަނު ތިބޭ ބަޔަކަށް ވެފައެވެ.“ ޚުތުބާގައި ވިދާޅުވިއެވެ.

ފަލަސްޠީނަށް ވެރިވެގެންފައިވާ އަނިޔާވެރި ޒަޔަނިސްޓު ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގެ ޝިކާރައަކަށްވެ، އެތައް ހާސް ބަޔަކު ޝަހީދުވެއްޖެއެވެ. އެތައް މިލިއަން މުސްލިމުންގެ ގެދޮރު ނެތި ގޮސް ބޯހިޔާވަހިކަމެއް ނެތި، ޙާލުގައި ޖެހިއްޖެއެވެ.

ޚުތުބާގައި ވިދާޅުވި ގޮތުގައި ފަލަސްޠީނުގެ ޣައްޒާގައި ޒަޔަނިސްޓުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަނިޔާވެރި ޢަމަލުތަކަކީ މި ފަހުގެ ތާރީޚުގައި ދުނިޔެ ދެކެފައިނުވާ ފަދަ އަނިޔާވެރިކަމެކެވެ. މަތިން އަޅަމުންދާ ބޮންތަކުންނާއި ތިރިން ދޭ ޙަމަލާތަކުން ކޮންމެ ދުވަހަކު އެތައް މުސްލިމުންނެއް ޝަހީދުވަމުންދެއެވެ.

ފަލަސްތީނުގެ މައްސަލައަކީ ހަމައެކަނި އެގައުމުގެ މައްސަލައެއް ނޫން ކަމަށާއި މިއީ މުޅި މުސްލިމު އުއްމަތާއި ގުޅިފައިވާ މައްސަލައަކަށްވާތީ ފަލަސްތީނުގެ ބިން މިނިވަންކުރުމަށްޓަކައި މުސްލިމުން ނުކުންނަން ޖެހޭ ކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގައި 2 ބިލިޔަން މުސްލިމުން ތިބިއިރު 15 މިލިޔަން ޔަހޫދީން ފަލަސްތީނުގެ މާތް ބިމެއް ފޭރިގެންދާތަން ބަލަން ނުތިބެ ފަލަސްތީނުގެ ހައްޤުގައި އަޑު އުފުލައި ޣައްޒާގެ ރައްޔިތުންގެ ހައްޤުގައި ނުކުތުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ. އެއީ މުސްލިމުން ކުރަންޖެހޭ ކަމެއް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

”ދުނިޔޭގެ ޤައުމުތަކުގައި ދިރިއުޅޭ މުސްލިމުންގެ ޢަދަދު މިއަދު މިވަނީ، ދެ ބިލިޔަނަށް އަރައިފައެވެ. ޔަހޫދީންގެ ޢަދަދަކީ ގާތްގަނޑަކަށް ފަނަރަ މިލިޔަނެވެ. ސުވާލަކީ، މިފަދަ މަދު ޔަހޫދީންކޮޅަކަށް، މި ބޮޑު، އިސްލާމީ އުންމަތުގެ މައްޗަށް އަތްގަދަކޮށް އެ އުންމަތުގެ މުޤައްދަސް ބިންތައް ފޭރިގަނެވުނީ ކޮންގޮތަކުން ހެއްޔެވެ؟“ ޚުތުބާގައި ވިދާޅުވިއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *