Search Streamline Icon: https://streamlinehq.com

ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ބިނާކުރަންވާނީ އިސްލާމްދީނުގެ މައްޗަށް: ރައީސުލްޖުމްހޫރިއްޔާ

DR.Muizzu FenvaruOnline

ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ބިނާކުރަންވާނީ އިސްލާމްދީނާއި ދިވެހިވަންތަ އާދަކާދަތަކުގެ މައްޗަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ޑިމޮކްރަސީ ދުވަހާ ގުޅުވައިގެން އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމު ހިންގުމުގައި ޑިމޮކްރެޓިކް ނިޒާމު ބިނާކުރަންވާނީ އިސްލާމްދީނާއި ދިވެހިރައްޔިތުން ޤަބޫލުކުރާ ހަމަތަކާއި، ދިވެހިވަންތަ އާދަކާދަތަކުގެ މައްޗަށްކަމުގައެވެ. ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހެވެ.

ބައިނަލްއަގުވާމީ ގޮތުން ޑިމޮކްރަސީ ދުވަސް ފާހަގަކުރަމުން އަންނައިރު ޑިމޮކްރަސީއަކީ ރައްޔިތުން ބާރުވެރިކުރުވާ، ރައްޔިތުންގެ ކިބައިން ވެރިކަމުގެ ބާރު އޮންނަ އަދި ރައްޔިތުންގެ ބާރު ވެރިކަމުގައި ފުޅާގޮތެއްގައި އޮންނަ ނިޒާމެއްކަން ފާހަގަކުރެވެއެވެ. މިނިޒާމަށް ރާއްޖޭގައި އަމަލުކުރަމުން އަންނަތާ މިވަނީ 16 އަހަރު ފުރިފައެވެ. ޑިމޮކްރަސީއާއެކު ރާއްޖެއަށްވެސް ގިނަ ކުރިއެރުންތަކެއް އަންނަނީ ލިބެމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *