Search Streamline Icon: https://streamlinehq.com

ރާއްޖޭގެ ފުރަތަމަ އިންޓަރނޭޝަނަލް ކޯލްސެންޓަރ އައިޔޫއެމްގައި!

459537111 818211993820549 1883663829459909716 n

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގައި 3 ބަހުރުވައިން މުޙާތަބުކުރާ ކޯލްސެންޓަރެއް ތަޢާރަފްކޮއްފިއެވެ.

މި ކޯލްސެންޓަރަކީ 3 ބަހުރުވައިން މުޙާތަބުކުރާ ދިވެހިރާއްޖޭގެ ފުރުތަމަ ކޯލްސެންޓަރެވެ.

އައިޔޫއެމް އިން ތަޢާރަތްކުރި މި ކޯލްސެންޓަރުގައި ދިވެހި، އިނގެރޭސި އަދި އަރަބި ބަހުން ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން މަޢުލުމާތު ހޯދުމަށް ގުޅުއްވާ އެހެނިހެން ފަރާތްތަކަށް މުޙާތަބުކުރައްވާނެއެވެ.

މި ކޯލްސެންޓަރަށް ގުޅުއްވުމަށް އައިޔޫއެމްގެ ހޮޓްލައިން ކަމުގައިވާ 1405 މެދުވެރިކޮށް ގުޅޭނެއެވެ.

3 ބަހުރުވައިން މުޙާތަބުކުރާ ދިވެހިރާއްޖޭގެ ފުރުތަމަ ކޯލްސެންޓަރު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު އެ ޔުނިވާސިޓީން ބާއްވާފައިވާއިރު މި ރަސްމިއްޔާތު ޝަރަފުވެރިކޮއްދެއްވާފައިވަނީ މޯލްޑިވިސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިންގ ޑިރެކްޓަރ، ޝަރީފް މުޙައްމަދެވެ.

ދިވެހިރާއްޖޭގެ ޔުނިވާސިޓީތަކަކީ ބޭރުގެ ދަރިވަރުން ތައުލީމް އުގެނުމަށް އަންނަ ތަންތަނަށް ހެނދުމަކީ މިސަރުކާރުގެ އަމާޒެކެވެ. އެ މަންޒިލަށް ވާސިލްވުމަށްޓަކައި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީންވެސް އަންނަނީ ގިނަ މަސައްކަތްތަކެއްކުރަމުންނެވެ. މި ގޮތުން މި ތައާރަފް ކުރެވުނު ކޯލްސެންޓަރގެ ސަބަބުންވެސް އެކަންކަމަށް އިތުރު ބާރަކަށް ވާނެކަމާއިމެދު ޝައްކެއްނެތެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *