މޫސުން ގޯސްވެ އުދައެރުމުގެ ސަބަބުން ހއ.ހޯރަފުށީ އެއާރޕޯޓަށް ލިބުނު ގެއްލުންތައް މަރާމާތްކޮށް އަންނަ އަންގާރަ ދުވަހު އެއަރޕޯޓް ހުޅުވަން ނިންމައިފިއެވެ.
ފާއިތުވި މެއި މަހު މޫސުން ގޯސްވެ އުދަ އެރުމުގެ ސަބަބުން ހޯރަފުށީ އެއަރޕޯޓަށް ވަނީ ވަރަށް ގެއްލުން ލިބިފައެވެ. ވައިގަދަވުމުގެ ސަބަބުން ޓަރމިނަލްގެ ވެއިޓިންގ އޭރިޔާގެ ދޮރުތައް ވެއްޓި، އުދައިގެ ސަބަބުން ރަންވޭގެ ބޮޑުބަޔަކަށް ވަނީ ވެލިއަރާފައެވެ. މީގެ އިތުރުން އެއަރޕޯޓްގެ ހައިވޭހެ ފަސްގަނޑުވެސް ވަނީ ދަމައިގެންފައެވެ. އަދި މަގުގައި ހަރުކޮށްފައިވާ ލައިޓްތައްވެސް ވަނީ ހަލާކުވެފައެވެ.
މިގެއްލުންތައް މަރާމާތުކުރުމުގެ މަސައްކަތް ކުރީ އެއަރޕޯޓް ތަރައްޤީކުރި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީންނެވެ.
އެމް.ޓި.ސީ.ސީއިން ވިދާޅުވާ ގޮތުގައި އެއަރޕޯޓުގެ މަސައްކަތް ނިންމުމަށްފަހު މިހާރުވަނީ ރީޖަނަލް އެއަރޕޯޓްސް އާއި ތަން ހަވާލުކޮށްފައިވާ ކަމަށެވެ.
މީޑިޔާއަށް މައުލޫމާތު ދެމުން ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑައިރެކްޓަރ މުޙައްމަދު ރިޒްވީ ވިދާޅުވީ އަންނަ އަންގާރަ ދުވަހު އެއަރޕޯޓް ހުޅުވާ އަލުން ދަތުރުތައް ފެށިގެންދާނެ ކަމަށެވެ.









