Search Streamline Icon: https://streamlinehq.com

ކޮމިޝަނަރ އޮފް ޕޮލިސް، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުންނާ ބައްދަލުކުރައްވައިފި

Cp2

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.

ފުލުހުން ހާމަކުރެއްވިގޮތުގައި ކޮމިޝަނަރގެ އޮފީހުގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި، ޑިޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑު ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއާއި، ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަޠީހް އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް ޝުއައިބް އަބްދުއް ރަޙްމާންއާއި އެ ކޮމިޝަންގެ އެހެނިހެން މެންބަރުން ބައިވެރިވެލެއްވިކަމުގައެވެ.

Cp 1
ކޮމިޝަނަރ އޮފް ޕޮލިސް، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުންނާ ބައްދަލުކުރެއްވުން/ފޮޓޯ- ޕޮލިސް

މި ބައްދަލުވުމުގައި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަލަށް އައްޔަނުކުރެއްވި މެންބަރުންނަށް ކޮމިޝަނަރ ތަހުނިޔާ ދެންނެވިއެވެ.

ފުލުހުން ވިދާޅުވީ މި ބައްދަލުވުމުގައި، ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ދެ އިދާރާ ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިކަމުގައެވެ. އަދި ފުލުހުންނާ ގުޅޭގޮތުން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކުގައި ފުލުހުންގެ ފަރާތުންނާއި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކުން ބޭނުންވާ މައުލޫމާތު ހޯދުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން، ދެ އިދާރާގައި މައްސަލަތައް ތަހުގީގުކުރާ މުވައްޒަފުންނަށް މައުލޫމާތު ދިނުމަށާއި ތަމްރީނުދިނުމުގެ އިތުރުން ތަހުގީގުކުރުމުގައި ދެ އިދާރާއިން ވެސް ގެންގުޅޭ އުސޫލުތަކަށް އެ މުވައްޒަފުން އަހުލުވެރިކުރުވުމަށް ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރެއްވިއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *