Search Streamline Icon: https://streamlinehq.com

މިފަހަރު ރޯދައަށްވެސް ސަރުކާރުން ކޮންމެ ގެޔަކަށް މަސްދަޅު ކޭހެއް ދެނީ

410887 3 C512ddd1adf7476b243c6567eb2f29e187ec3a89 Large

މިދިޔަ ރަމަޟާންމަހެކޭ އެއްގޮތަށް ކުރިޔަށް އޮތް ރަމަޟާންމަހުގައިވެސް ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ހަދިޔާއެއްގެ ގޮތުގައި ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

މިދިޔަ ރަމަޟާންމަހުގައި އަތޮޅުތެރޭގެ 61099 ގޭބީސީއާއި މާލޭގެ 49،899 ގޭބީސީއަށް މަސްދަޅު ކޭސް ވަނީ ކައުންސިލް މެދުވެރިކޮށް ބަހާފައެވެ. އެގޮތުން ކޮންމެ ގޭބިސީއަކަށް ސަރުކާރުން ދެނީ48 ދަޅުގެ މަސްދަޅު ކޭހެކެވެ.

ލޯކަލް ގަވަމަންޓް މިނިސްޓަރު، އާދަމް ޝަރީފް އުމަރު ހ\ަމަކުރެއްވި ގޮތުގައި މިފަހަރުވެސް ޓޯކަން ނެގޭނީ އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލެއް މެދުވެރިކޮށެވެ. މާލެ ސަރަހައްދުގައި އުޅެއްވާ ފަރާތްތަކަށް މަސްދަޅު ދޫކުރެވޭނެއެވެ. އަދި އަތޮޅުތެރޭ ރަށްތަކުގައި ކައުންސިލް މެދުވެރިކޮށް މަސްދަޅު ކޭސް ދޫކުރަން ހަމަޖެހިފައިވާއިރު މިހާރުވެސް ބައެއް ރަށްތަކުގެ ކައުންސިލުން ރޯދަ ހަދިޔާ ބެހުމަށް ގޭބިސީތަކުން ރެޖިސްޓްރީވަމުން އިއުލާން ކުރަމުންދާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ރަމަޟާންމަހަށް ހާއްސަކޮށްގެން ގޭބީސީތަކަށް ބަހާފައިވަނީ އާންމުކޮށް ބޭނުންކުރާ 180 ގްރާމްގެ 48 ދަޅުގެ މަސްދަޅު ކޭހެވެ. މިދިޔަ ރަމަޟާން މަހު ސަރުކާރުން ވަނީ ކަރަންޓާއި ފެން ބިލުތަކުން ރައްޔިތުންނަށް ޑިސްކައުންޓެއް ދީފައެވެ.

މިފަހަރުގެ ރޯދަ މަހު ހަދިޔާއެއްގެ ގޮތުގައި މަސް ކޭހެއް ދޭނެ ކަން ރައީސް ޑރ. މުއިއްޒު އިއުލާން ކުރެއްވީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

Leave a Reply

Your email address will not be published. Required fields are marked *