Search Streamline Icon: https://streamlinehq.com

ދީނުގައި އޮތް އެންމެ ހަރުކަށި އަދަބު ހިމަނައިގެން ޑްރަގު ބިލް ފާސްކުރާނަން: ރައީސް

Breaking News Fenvaruonline

މަސްތުވާ ތަކެއްޗާއި ގުޅޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރާއިރު، ދީނުގައި އޮތް އެންމެ ހަރުކަށި އަދަބު މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކާއި ވިއްކާ ވިޔަފާރިކުރާ ފަރާތްތަކަށް ދިނުމަށް ބިލުގައި ހިމަނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ވެރިކަންކުރާ ޕީއެންސީން މިރޭ ބޭއްވި ”ދިވެހީންގެރާއްޖެ“ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ އިސްކަންދެއްވީ ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ހޯއްދެވުމަށްކަމަށެވެ. އެގޮތުން، ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑެތި މައްސަލަތަކުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަ ހިމެނޭކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

”މިއީ ނުހުއްޓާނެ އޮޕަރޭޝަނެއް. އެ މީހުންގެ ކަންކަން ބެލުމުގައި އަތުލު އިންސާފުގެ ތެރެއިންދާނެ. އެންމެން އެއްކޮށް އިހުލާސްތެރިކޮށް މަސައްކަތްކޮށްފިނަމަ ޑްރަގްގެ ވަބާ މި ގައުމުން ފުހެލާނަން.“ ރައީސް ވިދާޅުވިއެވެ.

އެގޮތަށް އެކަން ކުރެވޭނެ ހަމައެކަނި ގޮތަކީ މަސްތުވާތަކެއްޗަށް ހުޅުވިފައިހުރި ހުރިހާ ދޮރެއް ބަންދުކުރުންކަމަށާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ހުއްޓުމެއް ނާންނަހާ ހިނދަކު މި މައްސަލައަށް ދާއިމީ ހައްލެއް ނުލިބޭނެކަމަށެވެ. އަދި ރާއްޖޭގެ ޤާނޫނުތައް އިސްލާހުކޮށް، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް އިސްލާމްދީނުގައި ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަބު ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.

އޭގެ އިތުރުން ޑްރަގްގެ މައްސަލައާއި ގުޅޭގޮތުން ރައީސް ވިދާޅުވީ އިއޔޭގައިި ރާއްޖޭގެ ތާރީހުގައި ވެސް ހިންގުނު އެންމެ ބިޔަބޮޑު އޮޕަރޭޝަން ހިންގުނީ ޑްރަގުގެ ވަބާ މި ގައުމެއް ނައްތާލުމަށްޓަކައި ކަމަށެވެ. 500 އަށްވުރެ ގިނަ ފުލުހުން ނިކުމެ އެ ހިންގި އޮޕަރޭޝަންގައި ޑްރަގްގެ ވިޔަފާރިކުރާ 100 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށް މަސްތުވާތަކެތި ވަނީ އަތުލައިގެންފައި ކަމަށް ވިދާޅުވިއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *