Search Streamline Icon: https://streamlinehq.com

އިންޑިއާގެ ސެންޓްރަލް ބޭންކުގެ އޮފިޝަލަކު ކަމަށް ހެދިގެން، 800،000 ޑޮލަރު ފޭރިގަނެފި

0e447af0 C68e 11f0 967a Cd30d7317be5.jpg

އިންޑިއާގެ ސެންޓްރަލް ބޭންކުގެ އޮފިޝަލުން ކަމަށް ހެދިގެން، ހަތިޔާރު އެޅި ބަޔަކު، ކަރުނާޓަކާ ދެކުނުގެ ސްޓޭޓުން 70 މިލިއަން ރުޕީސް (800،000 ޑޮލަރު؛ 600،000 ޕައުންޑު) އުފުލި ވެހިކަލެއް ފޭރިގަނެފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ބެންގަލޫރު ސިޓީގެ މެދުގައި، ދުވާލުގެ ވަގުތެއްގައެވެ. މި ފޭރުމާ ގުޅިގެން ކުށްވެރިން ހޯދުމަށް ފުޅާ ދާއިރާއެއްގައި އޮޕަރޭޝަނެއް ވަނީ ފަށާފައެވެ.

ބެންގަލޫރުގެ ފުލުހުންގެ ކޮމިޝަނަރު ސީމަންތު ކުމާރު ސިންގް ވިދާޅުވީ، މި ފޭރުން ހިނގާފައިވަނީ ބުދަ ދުވަހުގެ މެންދުރުފަހު ކަމަށެވެ. ހަ މީހުން ހިމެނޭ އެސްޔޫވީއަކުން ބޭންކުތަކުގެ ގޮފިތަކާ ދެމެދު ފައިސާ އުފުލަމުން ދިޔަ ކޭޝް ޓްރާންސްޕޯޓު ވެނެއް، މަޝްހޫރު މަގެއްގެ މަތިން ހުއްޓުވީ ކަމަށެވެ. އެ ވެނުގައި ޑްރައިވަރަކާއި، ފައިސާ ބަލަހައްޓާ މީހަކާއި، ހަތިޔާރު އެޅި ދެ ސެކިއުރިޓީ ގާޑުން ތިއްބެވެ.

ސިންގް ވިދާޅުވީ، ފޭރޭ ބަޔަކު އެ ވެނުގައި ތިބި މީހުންނަށް ބުނީ އެމީހުންނަކީ ރިޒާވް ބޭންކް އޮފް އިންޑިއާގެ އޮފިޝަލުން ކަމަށާއި، މިހާ ގިނަ އަދަދެއްގެ ފައިސާ އުފުލުމަށް ބޭނުންވާ ރަނގަޅު ލިޔެކިޔުންތައް ހުރިތޯ ބަލަންޖެހޭ ކަމަށެވެ. ފުލުހުން ބުނި ގޮތުގައި، އެ ޖަމާއަތުން ކޭޝް ކަސްޓޯޑިއަން އަދި ގާޑުންނަށް އެމީހުންގެ ހަތިޔާރުތައް ވެނުގައި ބަހައްޓައި އެސްޔޫވީއަށް ވަނުމަށް ބުނިއިރު، ޑްރައިވަރަށް އަންގާފައިވަނީ ފައިސާއާ އެކު ދަތުރު ކުރިއަށް ގެންދިއުމަށެވެ.

އެސްޔޫވީން ވަނީ ކޭޝް ވޭނުގެ އެތައް ކިލޯމީޓަރަކަށް ފަސްފަހަތުން ގޮސްފައެވެ. އެއަށްފަހު، އެ ޖަމާއަތުން ވަނީ ޑްރައިވަރު ވޭނުން ބޭރުކޮށް، ކޭޝް ކަސްޓޯޑިއަން އަދި ގާޑުން އެސްޔޫވީއިން ބޭލުމަށްފަހު، ބަޑީގެ ބިރު ދައްކައި ފައިސާ އެހެން ވެހިކަލަކަށް ބަދަލުކޮށް ފިލާފައެވެ.

މި ހާދިސާ ހިނގި ސަރަހައްދުގައި ސީސީޓީވީ ކެމެރާގެ ކަވަރޭޖް ވަރަށް ކުޑަ ކަމުން، އެ ޖަމާއަތުން މި އޮޕަރޭޝަންގައި އެތައް ވެހިކަލެއް ބޭނުންކޮށްފައިވޭތޯ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ފައިސާ އުފުލުމުގެ ހިދުމަތް ދޭ ކުންފުނިން ވަނީ ފުލުހުންނަށް ރަސްމީ ގޮތުން ރިޕޯޓު ކޮށްފައެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ، ފޭރުމަށް ބޭނުންކުރި އެސްޔޫވީގައި އޮތީ ނަކަލު ނަންބަރު ބޯޑެއް ކަމަށާއި، ”ގަވަރމެންޓް އޮފް އިންޑިއާ“ ލިޔެފައިވާ ސްޓިކަރެއް ވެސް އޮތް ކަމަށެވެ. އަދި މި ފޭރުމުގައި ކުންފުނީގެ މުވައްޒަފުންގެ ބައިވެރިވުމެއް ހުރިތޯ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކާނަޓަކާގެ ޗީފް މިނިސްޓަރު ސިއްދަރާމައްޔާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ފޭރުމަށް ބޭނުންކުރި އެސްޔޫވީ ފުލުހުން ހޯދާފައިވާ ކަމަށެވެ. ނަމަވެސް ހޯމް މިނިސްޓަރު ޖީ. ޕަރަމޭޝްވަރާ ވިދާޅުވީ، ކުށްވެރިން ފިލަން ބޭނުންކުރީ ކޮން ވެހިކަލެއް ކަމެއް އަދި ސާފު ނުވާ ކަމަށެވެ. ކާނަޓަކާގައި މިފަހުން ހިނގި ބޭންކު ފޭރުމުގެ އެހެނިހެން މައްސަލަތައް ހައްލުކުރި ފަދައިން މި މައްސަލަ ވެސް އަވަހަށް ހައްލުވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

މިދިޔަ މެއި މަހު، ވިޖަޔާޕޫރާ ޑިސްޓްރިކްޓް ބޭންކަކުން 59 ކިލޯގްރާމްގެ ރަން (532.6 މިލިއަން ރުޕީސް އަގުހުރި) ވަނީ ނަކަލު ލޮކަރު ތަޅުދަނޑި ބޭނުންކޮށްގެން ވަގަށް ނަގާފަ އެވެ. ފުލުހުން ވަނީ އޭގެ ތެރެއިން 39 ކިލޯގްރާމްގެ ރަނާއި ބައެއް ފައިސާ ހޯދާފައެވެ. އަދި މި މައްސަލައާ ގުޅިގެން ދެ ކުރީގެ މުވައްޒަފުން ވެސް ހިމެނޭ ގޮތަށް 15 މީހުން ވަނީ ހައްޔަރުކޮށްފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *