Search Streamline Icon: https://streamlinehq.com

މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ އިތުރު މީހަކު ހައްޔަރުކޮށްފި

Makaraa heelaiy

މީހެއްގެ ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެމީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަ ދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000ރ އަށްވުރެ ގިނަ ފައިސާ ހޯދައި، އެފައިސާތަކުގެ ތެރެއިން ބައެއް ނާގާފައިވާ މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނ. މަނަދޫ / ވެށި، ޙުސައިން ސަމާޙު (33އ) ކަމުގައެވެ. އަދި މިމީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މި ހިނގާ ޑިސެންބަރު 6 ވަނަ ދުވަހު ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލައިގެ ތަހުގީގަށް އެނގިފައިވާގޮތުގައި އޭނާވަނީ މިކަމަށް އަމިއްލަ އެކައުންޓެއް ބެންކުގައި ހުޅުވައި މަންފާ ހޯދުމަށް އެއެކައުންޓް ކުއްޔަށްދީ މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ހޯދާފައިވާ ފައިސާގެ ތެރެއިން 75000 ރުފިޔާ އެކައުންޓަށް ޖަމާކޮށް އެފައިސާ ނަގާފައެވެ. މިމައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 12 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ފުލުހުން ވިދާޅުވީ މިއީ މިމައްސަލައާ ގުޅިގެން ހައްޔަރުކުރި ދެވަނަ މީހާ ކަމުގައެވެ. ފުރަތަމަ މީހާ ހައްޔަރުކޮށްފައިވަނީ ޑިސެންބަރު 4 ވަނަ ދުވަހުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ކަމަށާއި އޭނާއަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *