މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކުޅުދުއްފުށި ސިޓީން ދެމީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަން / މުރިނގު، އަޙްމަދު ޢަބްދުއްރައްޒާޤު (35އ) އާއި ހޮސައިން ރިއާޒް، ބަންގްލަދޭޝް (28އ) އެވެ.
ފުލުހުން ވިދާޅުވީ މި ދެމީހުންގެ ތެރެއިން އަޙްމަދު ޢަބްދުއްރައްޒާޤު ހައްޔަރުކޮށްފައިވަނީ މި ޖަނަވަރީ މަހުގެ 3 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީ މަގުމަތިންނެވެ. މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުހުމަތުކުރެވިގެން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަތަރު ރަބަރުކޮޅު ފެނިފައިވާކަމަށްވެސް ފުޔލުހުން ވިދާޅުވިއެވެ.
ހޮސައިން ރިއާޒް ވެސް ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށި ސިޓީ މަގުމަތިންކަމަށާއި، މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުހުމަތުކުރެވިގެން މި ޖަނަވަރީ މަހުގެ 2 ވަނަ ދުވަހު އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރުކޮޅެއް ފެނިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން މި މީީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަޙްމަދު ޢަބްދުއްރައްޒާޤު 15 ދުވަހަށް އަދި ހޮސައިން ރިއާޒް ފަސްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ގެންދަަވަނީ ތަހުގީގުކުރައްވަމުންނެވެ.








