މިއަދުން ފެށިގެން އެސް.ޓީ.އޯ އިން ވިއްކާ ޕެޓްރޯލް އަދި ޑީސަލްގެ އަގު ބޮޑުކޮށްފިއެވެ.
އެސް.ޓީ.އޯގެ ސަބްސިޑިއަރީ ކުންފުނި ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ޝެޑްތަކުން ވިއްކާ ތެލުގެ އަގަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށާއި މިބަދަލު ގެންނަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބޮޑު ބަދަލާއެކު، އެ ކުންފުނިން ފޯރުކޮށްދޭ ތެލުގެ ހިދުމަތް ދެމެހެއްޓެނެވި ގޮތެއްގައި ގެންދިއުމަށްޓަކައި ކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.
އެހެންކަމުން މިއަދުން ފެށިގެން ޑީސެލް ލީޓަރެއްގެ އަގު ވަނީ 9.97 ރުފިޔާ އިން 10.72 ރުފިޔާއަށް ބޮޑުކޮށްފައެވެ. އަދި ޕެޓްރޯލް ލީޓަރެއްގެ އަގު މިވަނީ 9.97 ރުފިޔާއަށް ބޮޑުކޮށްފައެވެ.
ޕެޓްރޯލް ލީޓަރެއް މީގެ ކުރިން ވިއްކަމުން އައީ 8.85 ރުފިޔާއަށެވެ. މިއަހަރު މާރޗްމަހުގައިވެސް ތެލުގެ އަގު މިވަނީ ބޮޑުކޮށްފައެވެ. އެހެންކަމުން މިއީ އެސް.ޓީ.އޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު މިއަހަރުތެރޭ ބޮޑުކުރެވުނު ދެވަނަ ފަހަރެވެ.









